ވޯލްޑް
ކަޕް

އައިވަރީ ކޯސްޓު ދެވަނަ ބުރަށް، ޖަރުމަން ބަލިކޮށް އެކުއެޑޯއަށް ވެސް އުންމީދެއް 

އެކުއެޑޯގެ ޕްލާޓާ، ޖަރުމަންގެ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލަނީ -- ފޮޓޯ: ގެޓީ

ވޯލްޑް ކަޕް 2026 ގެ ގްރޫޕު އީގައި އައިވަރީ ކޯސްޓުން ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކުރި އިރު، އެކުއެޑޯއިން ވެސް ދެވަނަ ބުރުން އުންމީދު ބޮޑުކޮށްފިއެވެ.

”ގްރޫޕު އީ“ ގެ ފަހު މެޗުތަކަށް ނުކުތް އިރު، ޖަރުމަނަށް އޮތީ ގްރޫޕުގެ އެއްވަނައިގެ ގޮތުގައި ދެވަނަ ބުރު ކަށަވަރުވެފައެވެ. އައިވަރީ ކޯސްޓަށް މޮޅުވެގެން ނުވަތަ އެއްވަރުކޮށްލައިގެން ދެވަނަ ބުރު ޔަގީންކުރެވެން އޮތް އިރު، އެކުއެޑޯއަށް އޮތީ ޖަރުމަން ބަލިކުރަން މަޖުބޫރުވެފައެވެ.

އެކުއެޑޯ 2-1 ޖަރުމަނު: މި މެޗަކީ އެކުއެޑޯއަށް ވަރަށް ހާއްސަ މެޗެކެވެ. ލެރޯއީ ސާނޭގެ ގޯލުން ޖަރުމަނަށް މެޗުގެ ކުރީކޮޅު ލީޑު ލިބުނު ނަމަވެސް، ނިލްސަން އެންގޫލޯ އަދި ގޮންޒާލޯ ޕްލާޓާގެ ގޯލުން އެކުއެޑޯއަށް ލީޑު ލިބިގެންދިޔައެވެ.

ކިއުރަސާއޯ 0-2 އައިވަރީ ކޯސްޓް: އައިވަރީ ކޯސްޓުން ވަނީ މި މެޗު 2-0 އިން ކާމިޔާބުކޮށް، އެޓީމުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރަށް ދަތުރުކޮށްފައެވެ. މި މެޗުގައި އައިވަރީ ކޯސްޓްގެ ދެ ގޯލުވެސް ކާމިޔާބުކޮށްދިނީ ނިކޮލަސް ޕެޕޭއެވެ.

އައިވަރީ ކޯސްޓު މި މޮޅާއެކު ގްރޫޕްގެ ދެވަނަ ހޯދައިގެން ގަދަ 32 އަށް ދަތުރުކުރީއެވެ. ޖަރުމަނު ބަލިކޮށް، ގްރޫޕްގެ އެންމެ މޮޅު ތިންވަނަ ޓީމުތަކުގެ ތެރޭގައި ހިމެނިގެން ދެވަނަ ބުރުގެ ފުރުސަތު އެކުއެޑޯއަށް ވަނީ ބޮޑުވެފައެވެ. އެކުއެޑޯ އަތުން ބަލިވި ނަމަވެސް، ގްރޫޕުގެ އެއްވަނައަކީ ޖަރުމަނެވެ.