ރާއްޖެއާއި ޖަޕާނާ ދެމެދު އޮތް ޒަމާންވީ ގާތްގުޅުން އިތުރަށް ވަރުގަދަކުރަން ބޭނުންވާ ކަމަށް ޖަޕާނުގެ ބޮޑުވަޒީރު ޝިގެރޫ އިޝިބާ ވިދާޅުވެއްޖެ އެވެ.
ޖަޕާނުގެ ބޮޑުވަޒީރު ޝިގެރޫ އިޝިބާ ހަވާލުވެވަޑައިގެންފައިވަނީ މިމަހުގެ އެއްވަނަ ދުވަހުއެވެ.
ޝިގެރޫ އިޝިބާއަށް މަރުހަބާ ދަންނަވައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއް، ކުއޯޓް ކުރައްވައި ޝިގެރޫ އިޝިބީ ވިދާޅުވީ ރާއްޖެއާއި ޖަޕާނާ ދެމެދު އޮތް ޒަމާންވީ ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ދިވެހި ސަރުކާރާ އެކު މަސައްކަތް ކުރައްވަން އުއްމީދުކުރައްވާ ކަމަށެވެ.
ޖަޕާނަކީ ރާއްޖެއަށް ވަރަށް ބޮޑަށް އެހީތެރިކަން ފޯރުކޮށްދޭ ގައުމެކެވެ. މާލެ ވަށައި ޖަހައިފައިވާ ބޮޑު ހިލައަކީ ޖަޕާން ސަރުކާރުން ކުރިއަށް ގެންދިޔަ މަޝްރޫއުކެވެ. މީގެ އިތުރުން ޖަޕާނުން ކޮންމެ އަހަރަކު ރާއްޖެއަށް ސްކޮލާޝިޕްގެ ފުރުސަތު ދެ އެވެ.
އަދި ރާއްޖޭގެ މުއައްސަސާތަކަށް ބޭނުންވާ ވަސީލަތްތައް ވެސް ޖަޕާން ސަރުކާރުން ކޮންމެ އަހަރަކު ފޯރުކޮށްދެ އެވެ.




2 Comments
ގުޅުންހުރި
ޝަމާހުގެ މައްސަލައެއް އޭސީސީން ބަލަނީ
ކަނޑުއޮތްގިރިން ބޮޑު ކަންނެލި ގަންނަން ފަށައިފި
ރައްޔިތުން ނުކުތީ ދިރިއުޅުމުގެ އަގު އިންތިހާއަށް ދިއުމުން، ތިބެންވާނީ އެ މީހުންނާއެކު:
މަގާމަށް އައްޔަން ކުރިތާ 4 މަސް، ސްޓެލްކޯގެ އެމްޑީ ޝަމާހު ވަކިކޮށްފި
ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ފެބްރުއަރީ 5ގައި
ފަލަސްތީން ރައްޔިތުން ސޯމާލީލޭންޑަށް ބަދަލުކުރަން އިޒްރޭލުން ރާވަނީ!