ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބީޗް ފްރަންޓާއި ބީޗް ސައިޑުން އިތުރު 18 ބިމެއް ވިއްކަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ހުޅުވާލައިފި އެވެ.
އެ ކުންފުނިން ކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުން އެ 18 ބިމުގެ ތެރެއިން 16 ބިން ދޫކުރާނީ ބީޗު ސައިޑުންނެވެ. އަނެއް ދެ ބިން ދޫކުރާނީ ބީޗު ފްރަންޓުންނެވެ.
ބީޗު ޕްރަންޓުން ވިއްކަނީ 1،454 އަކަފޫޓުގެ ބިމަކާއި 1،261 އަކަފޫޓުގެ ބިމެކެވެ. ބީޗް ސައިޑުން ވިއްކަނީ 1،316 އަކަފޫޓުގެ 15 ބިމަކާއި 1،584 އަކަފޫޓުގެ ބިމެކެވެ.
ބީޗް ފްރަންޓުން ވިއްކަނީ އަކަފޫޓެއް 4،500 ރުފިޔާ އަށެވެ. އެހެންވެ 1،261 އަކަފޫޓުގެ ބިމުގެ ބީލަން ފެށޭނީ 5.7 މިލިއަން ރުފިޔާ އިންނެވެ. 1،454 އަކަފޫޓުގެ ބިމުގެ ބީލަން ފެށޭނީ 6.5 މިލިއަން ރުފިޔާ އިންނެވެ.
ބީޗް ސައިޑުން ބިން ވިއްކާ އެންމެ ދަށް އަގަކީ އަކަފޫޓެއް 4،000 ރުފިޔާ އެވެ. އެހެންވެ، އަލަށް ހުޅުވާލީ 16 ބިންތަކުގެ އަގު އުޅެނީ 5.3 މިލިއަން ރުފިޔާ އާއި 6.3 މިލިއަން ރުފިޔާއާ ދެމެދުގެ އަގުތަކެއްގަ އެވެ.
އެޗްޑީސީން ބުނެފައިވާ ގޮތުން، ބިންތައް ވިއްކާނީ ދިވެހިންނާއި 100 ޕަސަންޓު ދިވެހި ހިއްސާ އޮންނަ ކުންފުނިތަކަށް އެކަންޏެވެ.
އެޗްޑީސީން ވަނީ މިދިޔަ ސެޕްޓެމްބަރު މަހު 16 ބިމެއް އަދި މިދިޔަ މެއި މަހު 13 ބިމެއް ވިއްކަން ހުޅުވާލައިފަ އެވެ. އެހެންވެ، މި އަހަރު އެޗްޑީސީން ވިއްކަން ހުޅުވާލި ބިމުގެ އަދަދު 47 އަށް އަރަ އެވެ.
ގުޅުންހުރި
2025 އަކީ ގެދޮރު އެޅުމުގެ އެންމެ ގިނަ މަޝްރޫއު އެއް އަހަރުތެރޭ
ބިދޭސިއަކަށް ވަޅިން ހަމަލާދީ ފޯނު ފޭރިގަތް މީހަކު ހައްޔަރުކޮށްފި
ހިޔާގައި ލިފްޓް ހަރުކުރުމުގެ މަސައްކަތަށް 18 މިލިއަން ޑޮލަރު ހަރަދުވެއްޖެ: އެޗްޑީސީ
ކަނޑުންނާއި ފަޅުން ދޫކޮށްފައިވާ ގޯތިތައް އަންނަ އަހަރު ހަވާލުކޮށް ނިންމާނަން: ރައީސް
ހުޅުމާލެ އިން އަނެއްކާވެސް ބިންތަކެއް ވިއްކަނީ، ބީލަން ފެށޭ އެންމެ ދަށް
ހުޅުމާލޭގައި ރޭސިން އަދި ޑްރިފްޓް ޓްރެކަކާއި ގޯ ކާޓް ޓްރެކަކާއި ވޯޓާ