މިދިޔަ މަހުގެ 10 ގައި މާލޭގެ އިމާރާތަކުން ފުއްމާލުމުގެ ސަބަބުން މަރުވި ގއ. މާމެންދޫ، ބީޗްވިލާ، ވިފާގް އިބްރާހީމްގެ މަރުގެ މައްސަލައިގައި ޝައްކު ކުރެވޭ ކަންތައްތަކެއް ނެތް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ދާދިފަހުން ޗެނަލް 13 އިން ވަނީ ވިފާގުގެ މަރުގެ މައްސަލައާ ގުޅިގެން ޑޮކިއުމެންޓްރީއެއް ގެނެސްދީފަ އެވެ. އެ ޑޮކިއުމެންޓްރީގައި ވަނީ ވިފާގުގެ މަންމަ އަދި ވިފާގުގެ ދޮންބައްޕަ ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމަށް ތުހުމަތުތަކެއް ކުރައްވައިފަ އެވެ.
ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ، ވިފާގަކީ 2016 ވަނަ އަހަރުން ފެށިގެން ޕާސަނާލިޓީ ޑިސްއޯޑާގެ ބޯޑާލައިން ޓައިޕަށް ފަރުވާ ކުރަމުން އަންނަ މީހެއް ކަމަށެވެ.
ވިފާގުގެ ހަށިގަނޑު ޗެކްކުރިއިރު، އޭނާއަކީ އެއްވެސް އިރެއްގައި ޖިންސީ ގުޅުމެއް ހިންގާފައިނުވާ މީހެއްކަން އެނގިފައިވާ ކަމަށް ޝިފާއު ވިދާޅުވި އެވެ. އެހެންކަމުން އޭނާއަކީ ޖިންސީ ގޯނާގެ ޝިކާރައަކަށްވެފައިވާ މީހެއް ނޫންކަން ކަށަވަރުވެފައިވާ ކަމަށް ޝިފާއު ވިދާޅުވި އެވެ.
”ވިފާގް ނިޔާވިއިރު އޭނާ ވަނީ ބިކުރުވެރި ހާލަތެއްގައިކަން ވިފާގްގެ މެޑިކަލް ރެކޯޑުތަކުން އެނގެން އޮތުމުން އޭނާއަކީ އެއްވެސް އިރެއްގައި ޖިންސީ ގޯނާގެ ޝިކާރައަކަށްވެފައިވާ މީހެއް ނޫންކަން ވަނީ ކަށަވަރުކުރެވިފަ،“ ޝިފާއު ވިދާޅުވި އެވެ.
”އޭގެ ހިސްޓްރީއާއި މިކަންތައްތަކުގަ ވެސް. އެންމެ ރިޕޯޓަކުން ވެސް އަޅުގަނޑުމެންނަށް ފާހަގައެއް ނުވޭ ޖިންސީ ގޯނާގެ ނުވަތަ ޖިންސީ އަމަލެއް ހިންގައިގެން އެކަހަލަ އެއްވެސް ހިސްޓްރީއެއް ނުވަތަ އެކަހަލަ ކަމެއް ކުއްޖާގެ ފަރާތުން އެއްވެސް ގޮތަަކަށް ފާހަގަވެފައެއް ނުވޭ،“
ވިފާގް އަކީ ނަފްސާނީ ބަލިތަކަކަށް ފަރުވާ ހޯދަމުންދިޔަ މީހެއްކަމާއި މި މައްސަލާގެ ތަހުގީގަށް އެއްވެސް ނުފޫޒެއް ފޯރާފައިނުވާނެ ކަމަށް ޝިފާއު ވިދާޅުވި އެވެ.

ގުޅުންހުރި
ފިހާރައެއް ފަޅާލައި ވަގަށްނެގި ތަކެތި ވަޅުލައިފައި ހުއްޓާ ހޯދައިފި
މަޖިލީހުގެ 65 މެންބަރަކާއި ސިފައިންނާއި ފުލުހުންގެ 80 ޕަސެންޓް ޖެމްކިއު ބޭނުންކުރޭ:
ރައުދު ރާއްޖެއިން ބޭރަށް ފުރި ކަމަށް ބުނާ ވާހަކަ ފުލުހުން ދޮގުކޮށްފި
ފުލުހުންގެ އިންޒާރު: މަޖީދީ މަގުގައި ޕާކުކުރާ އުޅަނދުތައް ޓޯކުރާނަން، ލިބޭނީ ދެ
ސަލާމަތީ ދެ ބާރުގެ ވެރިން ބައްދަލު ކުރައްވައިފި، ރައްކާތެރިކަން ކަށަވަރުމަށް މަޝްވަރާ
ސީޕީގެ މަގާމަށް ނަވީން އައްޔަންކޮށްފި