ގްރީން ޓެކްސް ނަގާ އަދަދު ދެގުނަ ބޮޑުކުރަން ނިންމައި ޓޫރިޒަމް ގާނޫނު އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.
މިހާރު 50 އަށް ވުރެ ގިނަ ކޮޓަރި ހިމެނޭ ރިސޯޓުތަކާއި ހޮޓާތަކާއި ޓޫރިސްޓް އުޅަނދުތަކާއި މީހުން ދިރިއުޅޭ ރަށްތަކުގައި ހިންގާ ހޮޓާތަކާއި ގެސްޓްހައުސްތަކުން ގްރީން ޓެކްސްގެ ގޮތުގައި ދައްކަން ޖެހެނީ ބޮލަކަށް ހަ ޑޮލަރެވެ. އެއަށް ވުރެ މަދު ކޮޓަރި ހުންނަ ތަންތަނުން ދައްކަން ޖެހެނީ ތިން ޑޮލަރެވެ.
ސަރުކާރުން ހުށަހެޅި އިސްލާހުގައި ބުނާ ގޮތުން އަންނަ އަހަރުން ފެށިގެން 50 އަށް ވުރެ ގިނަ ކޮޓަރި ހިމެނޭ ތަންތަނުން ގްރީން ޓެކްސްގެ ގޮތުގައި ދައްކަން ޖެހޭނީ 12 ޑޮލަރެވެ. އެއަށް ވުރެ މަދު ކޮޓަރި ހުންނަ ތަންތަނުން ދައްކަން ޖެހެނީ ހަ ޑޮލަރެވެ.
ގްރީން ޓެކްސްގެ އިތުރުން ޓީޖީއެސްޓީ އާއި އެއާޕޯޓް ޗާޖު ބޮޑު ކުރުމަށްވެސް ސަރުކާރުން ވަނީ މަޖިލީހަށް ފޮނުވައިފަ އެވެ.
ފިނޭންސް މިނިސްޓްރީން އަންދާޒާ ކުރާ ގޮތުގައި ގްރީން ޓެކްސް 100 ޕަސެންޓަށް ބޮޑުކޮށްގެން، އަހަރެއްގެ ތެރޭގައި 964 މިލިއަން ރުފިޔާ ލިބޭނެ އެވެ.




ގުޅުންހުރި
އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހްތިސާސަށް ބަދަލު ގެނެސްފި
މަގުތަކުގައި ނަންބޯޑު ޖެހުމަށް 25 މިލިއަން ރުފިޔާއަށް ހަވާލުކުރި ކަމަށް ދެކެވޭ
މާވިން އިސްލާމްވެއްޖެ، އޭނާގެ އާ ނަމަކަށް ޔޫސުފް
ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އޭޕްރީލްގެ ނިޔަލަށް އިތުރުކޮށްފި
ރައީސް، މެދުހެންވޭރު ”ދޮރުންދޮރަށް“ ހަރަކާތަށް
ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންނަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭ ގޮތަށް