އިސްލާމީ މަރުކަޒުގެ މުންނާރުގެ ތިރީގައި ހަދާފައިވާ މަސްފެންގަނޑު ހަލާކުވެ ގިނަ ދުވަސްވެފައިވާތީ، އެ ތަން މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
އިސްލާމީ މަރުކަޒަށް 40 އަހަރު ފުރުން ފާހަގަކުރާ މުނާސަބަތާ ގުޅިގެން އިސްލާމީ މަރުކަޒުގެ މުންނާރު ތިރީގައި ހަދާފައި އޮންނަ މަސްފެންގަނޑު މަރާމާތު ކުރަން މި މަހުގެ ދެވަނަ ދުވަހު އިސްލާމިކް މިނިސްޓްރީން އިއުލާން ކުރި އެވެ. ސަރުކާރުން ހަރަދުކުޑަ ކުރަން އަންގާފައިވަނިކޮށް އެފަދަ ކަމެއް ކުރަން އުޅުމުން ގިނަ ބަޔަކު އެކަމަށް ފާޑުވެސް ކި އެވެ.
އެހެންވެ އިގުތިސާދީ ހާލަތު ހުރި ގޮތުން މި ވަގުތު އެފަދަ ކަމެއް ކުރުމަކީ އެންމެ މުނާސަބު ކަމަކަށް ނުވާނެ ކަމަށް ބުނެ އިއުލާން ބާތިލުކުރި އެވެ.
އެ މަސައްކަތް ކޮށްދެނީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ ސީއެސްއާރުގެ ދަށުންނެވެ.
އެ މަސައްކަތް ސްޓެލްކޯގެ ސީއެސްއާރުގެ ދަށުން ކޮށްދޭން އެ ކުންފުނިން ޝައުގުވެރިކަން ފާޅުކުރީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އާއެކު ބޭއްވި ބައްދަލުވުމެއްގަ އެވެ.
އެކަމާ ގުޅޭގޮތުން ފަހުމީ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސަގާފީ އަދި ދީނީ ބިންގާތައް ރައްކާތެރިކުރުމަށް ފުރުސަތުތައް ލިބުމަކީ ސްޓެލްކޯއަށް ލިބޭނެ ފަހުރެއް ކަމަށާއި އެގޮތުން އިސްލާމީ މަރުކަޒުގެ ކައިރީގައި ހަދާ މަސްފެންގަނޑަކީ ވެސް ތާރީހީ ތަނެއް ކަމަށެވެ.




ގުޅުންހުރި
އީރާނަށް އަސްކަރީ ހަމަލާއެއް ދިނުމާ މެދު މިދަނީ ވިސްނަމުން: ޓްރަމްޕް
މާ މޮޅު ގޮތެއް އޮތް ކަމަށް ވިދާޅުވެ، ވާހަކަ އެ ދައްކަނީ
ޕީއެންސީއަށް ވޯޓު ދިނުމަކީ ގައުމީ ވާޖިބެއް، 80 ޕަސަންޓުން ކާމިޔާބުވާނެ: އާދަމް
ކުޑަކުދިންގެ އޮރިޔާން ކާޑު ގެންގުޅުނު މައްސަލައިގައި މީހަކު ހައްޔަރުކޮށްފި
މާލެއިން ޒުވާނަކު ގެއްލިގެން ހޯދަނީ
ތޫނު ހަތިޔާރެއް ބޭނުންކޮށްގެން ފުލުހަކަށް ހަމަލާދިން މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި