ވިލިމާލޭގައި ހަދާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލުގެ ދިރާސާތައް ހަދައި ނިންމައި ޑިޒައިން ކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެ އެވެ.
ވިލިމާލެ ހޮސްޕިޓަލް ހަދަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މި އަހަރުގެ ޖެނުއަރީ މަހު ޗައިނާ އަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން އެ ގައުމުން ހަމަޖައްސައިދިން ހިލޭ އެހީގެ ދަށުންނެވެ.
އެ ހޮސްޕިޓަލުގެ ޑިޒައިން މަސައްކަތް ކުރުމަށް ޗައިނާއާ ހަވާލުކުރީ މިދިޔަ މެއި މަހުގެ 22 ވަނަ ދުވަހު އެވެ. އެ ދިރާސާގެ ހޯދުންތަކާ ގުޅޭ މެމޮރެންޑަމް އޮފް ފީސިބިލިޓީ ފައިންޑިންގްސްގައި ދެ ގައުމުން މިއަދު ވަނީ ސޮއިކޮށްފަ އެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީގައި މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތެއްގައި އެ މެމޯގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބެވެ. ޗައިނާގެ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ވޮން ލީޝިން އެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ މިއާއެކު، މި ޕްރޮޖެކްޓުގެ ދެން އޮތް ފިޔަވަހި ނުވަތަ އިމާރާތުގެ ޑިޒައިންގެ މަސައްކަތް ފަށާނެ ކަމަށެވެ
އެ ރަސްމިއްޔާތުގައި ވިލިމާލެ ހޮސްޕިޓަލް ބަލަހައްޓާ، ދަރުމަވަންތަ ހޮސްޕިޓަލްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމާއި ކޮންސްޓްރަކްޝަން މިނިސްޓްރީ އާއި ޗައިނާގެ އެމްބަސީގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވި ކަމަށް މިނިސްޓްރީން ބުންޏެވެ
މި އަހަރު އެ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފަށާނެ ކަމަށް ވެސް ސަރުކާރުން ކުރިން ބުންޏެވެ.




ގުޅުންހުރި
މަޖިލީހުގެ އާ ދައުރަށް ބަޖެޓު ފާސްކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަނީ
ދެ އިންތިހާބު އެކުގައި ބާއްވަން އެމްޑީޕީން މިހާރު ބޭނުންނުވަނީ އިންތިހާބަށް ކަޑަ
އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހްތިސާސަށް ބަދަލު ގެނެސްފި
މަގުތަކުގައި ނަންބޯޑު ޖެހުމަށް 25 މިލިއަން ރުފިޔާއަށް ހަވާލުކުރި ކަމަށް ދެކެވޭ
މާވިން އިސްލާމްވެއްޖެ، އޭނާގެ އާ ނަމަކަށް ޔޫސުފް
ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އޭޕްރީލްގެ ނިޔަލަށް އިތުރުކޮށްފި