ރާއްޖެ އައި އިންޑިއާ ދެ މީހެއްގެ އަތުން ދެ މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.
މޯލްޑިވްސް ކަސްޓަމްސް އިން މިއަދު ބުނީ އެ ތަކެތި އަތުލައިގަތީ މި މަހުގެ 14 ވަނަ ދުވަހު މެލޭޝިއާ އިން ރާއްޖެއައި އިންޑިއާގެ އުމުުރުން 41 އަހަރުގެ ފިރިހެނަކާއި އުމުުރުން 38 އަހަރުގެ އަންހެނެއްގެ އަތުން ކަމަށެވެ. އެ މީހުން އެ ތަކެތި ގެނެސްފައިވަނީ ލަގެޖުގައި ރައްކާކޮށްގެން ކަމަށްވެސް ބުންޏެވެ.
ކަސްޓަމްސް އިން ބުނީ، އެ މީހުންގެ ލަގެޖުން ފެނިފައިވަނީ ހެރޮއިން ކަމަށާއި އެ ތަކެތީގެ ބަރުދަނުގައި ޕެކިން އާއެކު ޖުމުލަ 2.05 ކިލޯ ހުރި ކަމަށެވެ. އެ ތަކެތީގެ މަގުމަތީ އަގު ދެ މިލިއަން ރުފިޔާއަށް އަރާނެ ކަމަށްވެސް ބުންޏެވެ.
ކަސްޓަމްސް އިން ވަނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރުމަށްޓަކައި، މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެއްޗާއި މައްސަލައިގައި ހިމެނޭ ދެ މީހުން ފުލުހުންނާ ހަވާލުކޮށްފައެވެ.

ގުޅުންހުރި
މިއަހަރުގެ ސަޓާ އެވޯޑްސް ސެޕްޓެމްބަރު މަހު ކޮލަމްބޯގައި
ފުވައްމުލަކުގެ މަޝްހޫރު ”ޝާކް ޕޮއިންޓް“ ނެޓްފްލިކްސްއަށް
ރާއްޖޭގައި ބާނާ މަހުން ޗައިނާގައި މަސްދަޅު ބަންދުކޮށްފި
ހަނިމާދޫ އެއާޕޯޓް ވިއްކާލަން އުޅޭ ކަމަށް ބުނެ ޔާމީން ދެއްކީ ބުހުތާނު
ފަރުވާއަށް ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައި އެމްބިއުލާންސް ހަލާކުވެ, މީހާ މަރު!
އޮންލައިންކޮށް ދިމާވި ކުއްޖާއާ ބައްދަލުކުރަން ދިޔަ މީހާ މެހުނީ މަޅިއަކަށް, ރަހީނުކޮށް