އަރަފާތު ބުޅާމަހުން ކާބޯތަކެތި ތައްޔާރުކުރިކަމުގެ ހެއްކެތް ނެތް: ފުލުހުން

ބުޅާ މަހުން ކާބޯތަކެތި ތައްޔާރުކުރާކަމުގެ ތުހުމަތުގައި ހައްޔަރުކުރި ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ އަރަފާތު ހޮސައިން ބުޅާމަހުން ކާބޯތަކެތި ތައްޔާރުކުރިކަމުގެ ހެއްކެތް ނެތް ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު ބުނީ އެ މައްސަލައާ ގުޅިގެން އަރަފާތު ހައްޔަރި ނަމަވެސް ޖިނާއީ ތަހުގީގެއް ހިންގޭ ވަރަށް ހެކި ލިބިފައިނުވާތީ މައްސަލައިގެ ތަހުގީގު ނިންމާލައިފައިވާ ކަމަށެވެ.

”މި މައްސަލައާ ގުޅިގެން ފުލުހުން ހިންގި ތަހުގީގުގައި ބުޅާ މަސް އަޅައިގެން އެއްވެސް ކާ އެއްޗެއް ތައްޔާރުކުރި ކަމުގެ ހެއްކެތް ފެނިފައިނުވޭ“ ފުލުހުން ބުންޏެވެ.

އިމިގްރޭޝަނުން މިހާރު ވަނީ އަރަފާތު ޑީޕޯޓް ކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.