ރާއްޖެ އިން ވަގަށް ބޭރުކުރަން އުޅުނު 81،000 ޑޮލަރާއެކު އަތުލައިގަތް ބިދޭސީ މީހާއަށް 12،000 ރުފިޔާގެ ޖޫރިމަނާ ހުކުމެއް އިއްވައިފި އެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްގެ ޝަހްމިން އިސްލާމް ޝަގުރު، 32އ. އެވެ. އޭނާ ހައްޔަރުކުރީ ރާއްޖެ އިން ބަންގްލަދޭޝްގެ ޑާކާއަށް ފުރަން އުޅެނިކޮށެވެ.
ވަގަށް ބޭރުކުރަން އުޅުނު ޑޮލަރުތައް ފެނުނީ އޭނާގެ ލަގެޖު ތެރޭ ކޯންފްލޭކްސް ޕެކެޓެއްގައި ބަންދުކޮށްފައި ހުއްޓަ އެވެ.
އެ މައްސަލާގައި އޭނާގެ މައްޗަށް ކުރީ ރާއްޖެއިން ސިއްރުން މުދާ ބޭރުކުރަން އުޅުމުގެ ދައުވާ އެވެ. މި ދައުވާއަށް ޝަހްމިން ވަނީ އިއުތިރާފުވެ، ދައުލަތާ އެކު އިއުތިރާފު އެއްބަސްވުމެއް ހަދައިފަ އެވެ.
ދައުލަތާއެކު ހެދި އިއުތިރާފު އެއްބަސްވުމުގައި ޝަހްމިން އެދިފައިވަނީ މައްސަލައިގައި ވީހާވެސް އަވަހަކަށް ހުކުމްކޮށް، އޭނާ ރާއްޖޭން ޑީޕޯޓްކޮށްލައި ގައުމަށް ދެވޭނެ ގޮތް ހަދައިދިނުމަށެވެ.
ޝަހްމިންގެ އިއުތިރާފުގެ މައްޗަށް ބިނާކޮށް އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި 12،000 ރުފިޔާގެ ޖޫރިމަނާގެ ހުކުމެއް އިއްވި އެވެ. އަދި އޭނާގެ އަތުން ފެނުނު ޑޮލަރުތައް ދައުލަތަށް ނެގުމަށް ވެސް އަމުރުކުރި އެވެ.




ގުޅުންހުރި
އަހަރުގެ ފުރަތަމަ ކްރޫޒްލައިނާ 479 ފަސިންޖަރުންނާއެކު ރާއްޖެއަށް
ވަގަށް އަނބު ބިން މީހަކު ހަތް މަހަށް ޖަލަށް
ޑެންގޫ ޖެހިގެން ރިޕޯޓް ކުރި އަދަދު އިތުރުވެއްޖެ، މިދިޔަ މަހު އެކަނިވެސް
”ވާނެތަ؟“، ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ހާއްސަ!
ހެޔޮއެދޭ ފަރާތަކުން ރ. އަތޮޅުގެ ކޮންމެ ރަށަކުން މީހަކު ހައްޖަށް ފޮނުވައިދެނީ
ރަސްމީ ދަތުރުފުޅެއްގައި އަބްދުއްރަހީމް އިންޑިއާއަށް