ބޭންކުތައް މެދުވެރިކޮށް ފަތުރުވެރިކަން ނެތް ސަރަހައްދުތަކުގެ ފަތުރުވެރިކަން ތަރައްގީ ކުރުމަށް، 200 މިލިޔަން ރުފިޔާ ދޫކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ.
އައްޑޫ ސިޓީގެ ފަތުރުވެރިކަމުގެ ބްރޭންޑް ލޯންޗުކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަަދައްކަވަމުން ފައިސަލް ވިދާޅުވީ ރަނގަޅު އިންޓްރެސްޓް ރޭޓެއްގައި މާލީ އެހީތެރިކަން އެ ސަރަހައްދުތަކުގައި ޓޫރިޒަމް ތަރައްގީ ކުރުމަށް ފޯރުކޮށްދެވިއްޖެނަމަ، ފަތުރުވެރި ކަމަށް އިތުރު އެނދުތަކެއް ނެރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.
”ފަންޑްސް މިއަންނަ އަހަރުތެރޭގައި، ބީއެމްއެމްއެލް، އެސްޑީއެފްސީ އަދި އެމްއައިބީ މެދުވެރިކޮށް އެކަށީގެންވާ އަދަދަކަށް [ހަމަޖެހޭނެކަމަށް]. އަޅުގަނޑު މިބަލަނީ ކޮންމެ އަހަރަކުވެސް 100 ނުވަތަ 200 މިލިއަނެއްހާ ރުފިޔާ މިގޮތަށް ޓުއަރިޒަމް ޑިވެލޮޕްމެންޓަށް އެލޮކޭޓް ކުރެވޭނެ ގޮތްތަކެއް މި ބޭންކުތައް މެދުވެރިކޮށް“ ފައިސަލް ވިދާޅުވި އެވެ.
ފައިސަލް ވިދާޅުވީ ޓޫރިޒަމް ދާއިރާއިން ނަގާ ޓެކްސްތައް އަލަށް ޓޫރިޒަމް ފަށާ ސަރަހައްދުތަކުން ނަގާނަމަ އެ ސަރަހައްދުތަކުގައި ޓޫރިޒަމް ތަރައްގީ ކުރުމަށް ދަތިތަކެއް ދިމާވާނެ ކަމަށެވެ. އަދި އެ ސަރަހައްދުތަކަށް ފަސޭހައިން ދަތުރުކުރެވޭނެ އިންތިޒާމު ވެސް ހަމަޖެހިފައިހުރުން މުހިންމު ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ގޮންޖެހުންތަކާއެކު ވެސް ރާއްޖޭގެ ސަރަހައްދުތައް ރަނގަޅަށް ޕްރޮމޯޓް ކުރެވިއްޖެނަމަ، ފަތުރުވެރިން އެ ސަރަހައްދުތަކަށް ޒިޔާރަތް ކުރާ މިންވަރު އިތުރުކުރެވޭނެ ކަމަށެވެ.

ގުޅުންހުރި
ތަކަންދޫގެ އާސާރީ ތަންތަން ހިމާޔަތްކޮށް ކަލްޗަރަލް ޓޫރިޒަމް ގާއިމުކޮށްދޭނަން: ރައީސް
ފައިސަލްގެ ޕޯސްޓެއް: ނަޝީދު ޓެގުކޮށް، ލިޔުއްވީ އެ މަނިކުފާނުގެ ބަސްކޮޅެއް!
ކައުންސިލްތަކުގެ އިހުތިސޯސްގައި ހިމެނޭ ރަށްތައް ޓޫރިޒަމަށް ދޫކުރުމުގެ ބާރު ރައީސަށް ދީފި
ފައިސަލްގެ ދިރިއުޅުން އުފަށް ރަށް ފޮނަދުއަށް ބަދަލުކުރަނީ
އަބްދުއްރަހީމާއި ފައިސަލަށް ހަމްދަރުދީއެއް ނެތް، ކުރިކަމެއްގެ އަޖަލު އެ މީހަކާ ބައްދަލުކުރާނެ:
ފައިސަލްގެ ބަޔާނެއް: ދިން ފުރުސަތަށް ރައީސަށް ޝުކުރު، ގައުމަށް ހިދުމަތް ކުރުމަކީ
ތަކަންދޫގެ އާސާރީ ތަންތަން ހިމާޔަތްކޮށް ކަލްޗަރަލް ޓޫރިޒަމް ގާއިމުކޮށްދޭނަން: ރައީސް
ފައިސަލްގެ ޕޯސްޓެއް: ނަޝީދު ޓެގުކޮށް، ލިޔުއްވީ އެ މަނިކުފާނުގެ ބަސްކޮޅެއް!
ކައުންސިލްތަކުގެ އިހުތިސޯސްގައި ހިމެނޭ ރަށްތައް ޓޫރިޒަމަށް ދޫކުރުމުގެ ބާރު ރައީސަށް ދީފި
ފައިސަލްގެ ދިރިއުޅުން އުފަށް ރަށް ފޮނަދުއަށް ބަދަލުކުރަނީ