ކުރިއަށް އޮތް ފަސް އަހަރަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް ހިމަނައިގެން އެ ކުންފުނީގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން އިފުތިތާހުކޮށްފި އެވެ.
ސްޓެލްކޯގެ ހިދުމަތުގެ ކުރިއެރުމާއި ދެމެހެއްޓެނިވިކަން ކަށަވަރުކުރުމާއެކު ރައްޔިތުންގެ އިތުބާރާއި ޔަގީންކަން ކަށަވަރު ކުރުމަށް ތައްޔާރުކުރި އެ ޕްލޭން އިފުތިތާހު ކޮށްދެއްވީ އެކަމަށްޓަކައި މިއަދު ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތެއްގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު، ހުސައިން ފަހުމީ އެވެ.
ސްޓެލްކޯ އިން ބުނީ އެ ޕްލޭނަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ގައުމަށާއި ޔުޓިލިޓީ ހިދުމަތްތަކުގެ ސިނާއަތްތަކަށް ކަނޑައަޅުއްވާފައިވާ ހަރުދަނާ ސިޔާސަތުތަކާއި އެއްގޮތަށް ފަހުމީ ކުންފުންޏާ ހަވާލުވެވަޑައިގަތުމަށްފަހު ރާއްޖެއަށް އަންނަމުން މިދާ ތަރައްގީއާއި ތަހުޒީބާއި ކުރިއެރުންތަކާއި އެއް ހަމައަކަށް ކަރަންޓާއި ފެނާއި ނަރުދަމާގެ ސިނާއަތް ގެންދިއުމަށް ކުރެވެން ހުރީ ކޮން މަސައްކަތްތަކެއްތޯ ބައްލަވައި، އެ މަސައްކަތްތައް ބާރު ސްޕީޑެއްގައި ކުރެވިގެންދާނެ މަގުކޮށްޓެވުމަށް ފެއްޓެވި މަސައްކަތެއް ކަމަށެވެ.
އަދި މިއީ ސްޓެލްކޯގެ ސްޓްރެޓެޖިކް ކޮމިޓީގެ ލަފާގެ މަތިން ތައްޔާރުކުރެވި އަދި ކުންފުނީގެ ބޯޑުގެ ފުރިހަމަ ތާއީދާއެކު އެކުލަވާލެވިފައިވާ ޕްލޭނެއް ކަމަށްވެސް ބުންޏެވެ.
ސްޓެލްކޯ އިން ބުނީ، ކުންފުނީގެ އެކި ދާއިރާތަކުގެ ޓެކްނިކަލް އަދި މެނޭޖިރިއަލް މުވައްޒަފުން ހިމަނައިގެން އެކުލަވާލެވުނު އިލްމީ އަދި ގާބިލު ޓީމަކުން އެކުލަވާލި އެ ޕްލޭންގައި ކުންފުނީގެ އިސްވެރިންގެ ހިޔާލާއި މަޝްވަރާ ހޯދުމަށްފަހު ކުންފުނީގެ މިޑްލް މެނޭޖްމަންޓްގައި ހިމެނޭ ޔުނިޓް ހެޑުންނާއި އެ މުވައްޒަފުންގެ ދަށުން މަސައްކަތްކުރާ ޓީމުތަކުގެ ހިޔާލާއި އެއްގޮތަށް ޑިޕާޓްމަންޓްތައް ހިންގުމުގެ ޕްލޭންތައް ހިމަނާފައިވާނެ ކަމަށެވެ.
އެގޮތުން ޕްލޭންގައި އެކުލަވާލެވިފައިވާ ފްރޭމްވޯކުގައި ފަސް ސްޓްރެޓިޖިކް އޮބްޖެކްޓިވް، 19 ސްޓްރެޓިޖިކް ގޯލް، 55 ޓާގެޓް އަދި 96 އެކްޝަން ކަނޑައެޅިފައިވާ އިރު، އެ ޕްލޭންގައި ކޮންމެ ޑިޕާޓްމަންޓަކަށްވެސް އެކްޝަންތަކަކާއި ޓާގެޓްތަކެއް ކަނޑައެޅި، އެ ޓާގެޓްތައް ހާސިލުވޭތޯ މޮނިޓާކުރެވޭނެ ނިޒާމެއް ގާއިމުކޮށްފައިވާނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
ފަހުމީ ވިދާޅުވީ، ޒަމާނީ ވިސްނުމާއެކު ތައުލީމީ ޒުވާނުން މި ތައްޔާރުކުރި އެކްޝަން ޕްލޭނަކީ މުސްތަގުބަލު ކަނޑައެޅުމުގެ ހަރުދަނާ ބިންގަލެއް ކަމަށެވެ. އަދި އެފަދަ ޕްލޭނެއް އޮތުމުން ކުންފުނި ހިންގުމަށް އިތުރަށް ފަސޭހަވެ، ކުންފުނީގެ ހުރިހާ ދާއިރާއަކުންވެސް އެއް އަމާޒަކަށް މަސައްކަތް ކުރެވި، ހިންގުން ހަރުދަނާކުރެވި، ކުންފުނީގެ މާލިއްޔާ އިން ކުރެވޭ ހަރަދުތަކަކީ ކުންފުނިން އެކަށައަޅާފައިވާ ލަނޑުދަނޑިތަކަށް ވާސިލުވުމަށް މަގުފަހިވެގެންދާ ގޮތަށް ކުރެވޭ ހަރަދުތަކެއް ކަމުގައި ވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
ފަހުމީ އިތުރަށް ވިދާޅުވީ އެ ޕްލޭން އާއެކު ސްޓެލްކޯ އިން ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު މަތި ކުރެވި، ރައްޔިތުންނާއި ކުންފުންޏާ ދެމުދު އޮންނަ އިތުބާރާއި ގުޅުން އިތުރަށް ރަނގަޅު ކުރެވިގެންދާނެ ކަމަށެވެ.

14 Comments
ގުޅުންހުރި
ގޭސްވުމާއި ހަޖަމުކުރުމުގެ ނިޒާމުގެ ބަލިތަކަށް ހާއްސަ ޑރ. ޑިއޭގޯއަށް މިހާރު އޮންލައިންކޮށް
މާލޭގެ ހުރިހާ ގެއަކަށް ދިއުމުގެ ވައުދު ފުއްދިން، އޯގަސްޓުގެ ނިޔަލަށް ހުރިހާ
ދައުލަތުގެ ބަޖެޓުން އެންމެ ގިނަ ފައިސާ ސަރުކާރު ހިންގާ ޕީއެންސީއަށް، 13
ވަގު ގޯތި މައްސަލަ: އެޗްޑީސީން ފިޔަވަޅު އެޅި މުވައްޒަފުންގެ ސަސްޕެންޝަން އުވާލައިފި
ލޯނުގައި ކިޔަވާ ކުދިންނަށް ބޭންކު ރޭޓުން ޑޮލަރު ލިބޭނެ ގޮތް ހަދައިދޭނަން:
ތެލާއި ކާޑު ގެނައުމަށްވުރެ އިސްކަންދެނީ ދަރިވަރުންނަށް ފައިސާ ދޭން: ރައީސް