މިނިވަން މުއައްސަސާއެއްގެ ބާރުތަކުގެ ތެރެއަށް ނުފޫޒު ފޯރުވުމަކީ އެ މަނިކުފާނު މިއަދާ ހަމައަށްވެސް ކުރި ކަމެއް ނޫން ކަމަށާއި ކުރާނެ ކަމެއްވެސް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި މިވަގުތު އޮތް އެންމެ މުހިންމު ދެ މިނިވަން މުއައްސަސާ ކަމަށްވާ އިލެކްޝަންސް ކޮމިޝަން (އީސީ) އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް އާއި ނައިބު ރައީސް އައްޔަންކުރުމުގެ ބާރު ދިނުމަށް ގާނޫނު ބަދަލުކުރަން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައި މިއަދު ވަނީ ބަހުސް ފަށައިފަ އެވެ.
އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް ރައީސަށާއި ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.
އެ ފާޑުކިޔުންތަކަށް ރައްދު ދެއްވައި ރައީސް ވިދާޅުވީ، ދައުލަތުގެ އެއްވެސް ބާރެއްގެ ނުވަތަ މިނިވަން މުއައްސަސާއެއްގެ ނުވަތަ އިންތިހާބު ކުރެވޭ އެއްވެސް ބައެއްގެ ބާރުތަކުގެ ތެރެއަށް ނުފޫޒު ފޯރުވުމަކީ އެ މަނިކުފާނު މިއަދާ ހަމައަށްވެސް ކުރި ކަމެއް ނޫން އަދި ކުރިއަށް އޮތް ތަނުގައިވެސް ކުރާނެ ކަމެއް ނޫން ކަމަށެވެ
އޭގެ ބަދަލުގައި އެފަދަ ފަރާތްތަކުން އަދުލުވެރިކަމާއި އިންސާފާއި ހަމަހަމަކަމާއެކު ވަކި މީހަކަށް ބެލުމެއް ނެތި، ހަލުއި ދުވެލީގައި މަސައްކަތްކުރަމުންދޭތޯ ކަށަވަރުކުރުމާއި އެ މަގަށް ކަންކަން ބައްޓަން ކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް، ގާނޫނާއި ގަވާއިދަށް ގެންނަންޖެހޭ އިސްލާހެއްވާނަމަ އެ އިސްލާހެއް ގެންނަން ސަރުކާރުން ހުށަހަޅަމުން ގެންދާނެ ކަމަށް ވިދާޅުވި އެވެ.

19 Comments
ގުޅުންހުރި
ދަތުރު ކުރަމުންދިޔަ ބަހެއްގައި ރޯވެ 20 މީހަކު ފިހިގެން މަރުވެއްޖެ
ދެ ކޮންޓެއިނަރު ސިނގިރޭޓު ”ގެއްލުން“: ލޮޓަސްގެ ވެރިޔާ އާއްޓޭ އާއި އެޕޯލޯގެ
ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް އަމާޒުވެފައި ވަނިކޮށް އޭސީޕީ ދާއޫދު ޗުއްޓީއަށް
އެމްޕީއެލްގެ އިންޓާންޝިޕް ޕްރޮގުރާމަށް ހުޅުވާލައިފި
އަހަރަކު 400 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ބުނި ބަންކަރިން އިން
ބިލެތްފަހި އެއާޕޯޓް: މިދިޔަ އަހަރު ހަވާލުކުރީ އެމްޓީސީސީއާ, މިއަހަރު ހަވާލުކުރީ އެމްއޭސީއެލްއާ