މި އަހަރުގެ ތިންވަނަ ކުއާޓަރުގައި ދައުލަތުގެ މައި ވިޔަފާރި ކުންފުނި އެސްޓީއޯއަށް 3.6 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނު ކަމަށް އެ ކުންފުނީގެ މާލީ ހިސާބުތައް ދައްކައިފި އެވެ.
އެސްޓީއޯގެ މި އަހަރުގެ ތިންވަނަ ކުއާޓަރުގެ ހިސާބުތައް ދައްކާ ގޮތުން، އެ ކުއާޓަރުގައި އެ ކުންފުންޏަށް ލިބުނު 3.6 ބިލިއަން ރުފިޔާގެ އާމްދަނީއަކީ މީގެ ކުރީ ކުއާޓަރާ އަޅާ ބަލައިއިރު ތިން ޕަސެންޓުގެ ކުރިއެރުމެކެވެ. އާމްދަނީ އިތުރުވުމާއެކު ޖުމުލަ ފައިދާގެ ގޮތުގައިވަނީ 592 މިލިއަން ރުފިޔާ ލިބިފަ އެވެ. އެއީ މީގެ ކުރީ ކުއާޓަރާ އަޅާބަލައިއިރު 15 ޕަސެންޓުގެ ކުރިއެރުމެކެވެ.
އެސްޓީއޯ އިން ބުނީ، އެ ކުންފުނީގެ ޖުމުލަ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ކުންފުނިން ކުރަމުންގެންދާ ވިޔަފާރި ރަނގަޅުވުން ކަމަށެވެ.
ކުންފުނީގެ ޕްރޮވިޝަންސް އިތުރުވުމާއެކު ކުންފުނީގެ ހަރަދު އިތުރުވި ނަމަވެސް ކުންފުނީގެ ޖުމުލަ ފައިދާ އިތުރުވުމާއެކު އެ ކުއާޓަރުގެ ހިންގުމުގެ ފައިދާގެ ގޮތުގައި ލިބިފައިވަނީ 251 މިލިއަން ރުފިޔާ އެވެ. މިއީ މީގެ ކުރީ ކުއާޓަރާ އަޅާބަލައި 23 ޕަސެންޓުގެ ކުރިއެރުމެކެވެ.
ތިންވަނަ ކުއާޓަރުގެ ހިސާބުތައް ދައްކާ ގޮތުން ޓެކްސްއަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި އެސްޓީއޯއަށް ލިބިފައިވަނީ 198 މިލިއަން ރުފިޔާ އެވެ. އެއީ އޭގެ ކުރީ ކުއާޓަރާ އަޅާބަލައި 12 ޕަސެންޓުގެ ކުރިއެރުމެކެވެ. އަދި ޓެކުހަށް ކެނޑުމަށްފަހު، މި ކުއާޓަރުގެ ސާފު ފައިދާގެ ގޮތުގައި އެސްޓީއޯއަށް ލިބިފައިވަނީ 156 މިލިއަން ރުފިޔާ އެވެ.




ގުޅުންހުރި
ސްޓެލްކޯގެ ހިދުމަތްތަކާމެދު ދެކެނީ ކިހިނެތް؟ ރަނގަޅުކޮށްލަން ކަމެއް އޮތްނަމަ ހިއްސާކޮށްލާ
އެސްޓީއޯއަށް 61 އަހަރު: ހާއްސަ އިނާމުތަކެއް ލިބުމުގެ ފުރުސަތު!
ނިޔާމަ ޗުއްޓީއަކަށް ޓްރެވަލް ތަކާފުލް: ދަތުރުމަތީގައި ދިމާވެދާނެ ކުއްލި ހާލަތްތަކަށް މުހިންމު
އަމިއްލަ ވިޔަފާރިތަކަށް ދައްކަންޖެހޭ ބިލުތަކަށް ރޯދައިގެ ކުރިން ފައިސާ ދައްކައި ނިންމޭތޯ
އެސްޓީއޯ ރަމަޒާން ބާޒާރު ޕްރޮމޯޝަން ފަށައިފި، ބޮޑު އިނާމަކަށް އެއް ލައްކަ
މަސްވެރިންނަށް ހެޔޮއަގުގައި ތެޔޮ ފޯރުކޮށްދިނުމަށް ގާއިމުކުރި ފުރަތަމަ ޝެޑް ދުވާފަރުގައި ހުޅުވައިފި