މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ނޫސްވެރިކަމުގެ އިނާމު ދިނުމަށް ރޭ ބޭއްވި ހަފުލާގައި އާންމު މިންގަނޑުތަކާ ހިލާފު ވީޑިއޯއެއް ދައްކާފައިވާ ކަމަށް ބުނެ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މައްސަލަ ހުށަހަޅައިފި އެވެ.
ޕީއެސްއެމް އިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ނޫސްވެރިކަމުގެ އެވޯޑް ހަފުލާ ޕީއެސްއެމް އިން ލައިވްކޮށް ދައްކަމުންދިޔައިރު އެ ހަފުލާގެ ތެރޭގައި އެ ކުންފުނީގެ އެޑިޓޯރިއަލް ކޮންޓެންޓާ ހިލާފު އަދި ނޫސްވެރިކަމުގެ އާއްމު މިންގަނޑުތަކާ ހިލާފު ވީޑިއޯއެއް އެމްއެމްސީގެ ފަރާތުން ދައްކާފައިވާ ކަމަށެވެ.
ޕީއެސްއެމްއަށް ކުރިން އެންގުމެއްނެތި ކުއްލިއަކަށް ހަފުލާގެ ތެރޭގައި އެ ވީޑިއޯ ދެއްކުމަކީ ގަސްތުގައި ދުރާލާ ރާވައިގެން ޕީއެސްއެމްގެ އެޑިޓޯރިއަލް އުސޫލާ ހިލާފު ކޮންޓެންޓު ޕީއެސްއެމް އިން ދެއްކުމަށް އެމްއެމްސީން ކޮށްފައިވާ ކަމެއް ކަމަށް އެ ކުންފުނިން ދެކޭ ކަމަށާއި އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ.
ޕީއެސްއެމް އިން ބުނީ، އެކަމަކީ އެ ކުންފުންޏަށް ރައްޔިތުން ކުރަމުން އަންނަ އިތުބާރު ގެއްލި، ކުންފުނީގެ މައްޗަށް އޮތް ގާނޫނީ ވާޖިބުތައް އަދާކުރުމަށް ހުރަސްއެޅި، އިއާދަނުކުރެވޭނެ ވަރުގެ ގެއްލުން ލިބިދާނެފަދަ ކަމެއް ކަމަށެވެ. އެހެންވެ އެ މައްސަލަ ބަލައިދިނުމަށް އެދި އެ ކުންފުނީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކަމަށްވެސް ބުންްޏެވެ.
އެއީ ކޮން ވީޑިއޯއެއް ކަމެއް ޕީއެސްއެމް އިން ނުބުނި ނަމަވެސް އުމަރު ޒާހިރު ބިލްޑިންގައި ރޭ ބޭއްވި އެވޯޑް ހަފުލާގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދޮންމަންމައާ ގުޅޭ ގޮތުން އަދަދު ނޫހުން ގެނެސްދިން ޑޮކިއުމަންޓްރީ، ”ޖީ ސްކީލާން“ އަށް ވަނީ އެވޯޑް ލިބިފަ އެވެ.
އެ އެވޯޑް އެ ޑޮކިއުމަންޓްރީއަށް ލިބުނު އިރު، ރޭގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ނައިބް ރައީސް ހުސެއިން މުހައްމަދު ލަތީފެވެ. އަދި ރަސްމިއްޔާތުގައި ރައީސް އޮފީހުގެ އިސް ތަރުޖަމާން ހީނާ ވަލީދާއި ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހިމް ހަލީލުވެސް އިންނެވި އެވެ.




19 Comments
ގުޅުންހުރި
ސަރުކާރުން ޔަގީންކަން ދިން ވަގުތު ހަމަވިތާ 19 ގަޑިއިރު، ފުވައްމުލަކު އަދިވެސް
ކޮރަޕްޝަން ހުއްޓުވޭނީ އިންސާނުން ބޭނުން ނުކޮށް, ޑިޖިޓަލްކޮށް ހިދުމަތް ދެވޭނެ ގޮތް
ރާއްޖެއިން މޫދުވިނަ އެކްސްޕޯޓްކުރަން ތައްޔާރުވެއްޖެ
އާސަންދަ އާއި އިނާޔަތްތައް މަހުޖަނުންނަށް ދިނުން ހުއްޓާލަންޖެހޭ: ސަލީމް
ރާއްޖެއިން ހިފެހެއްޓި ޑްރަގު ބޯޓު ލަންކާއާ ހަވާލުކުރަނީ
”މަސައްކަތް މިކުރަނީ ވެރިކަމުގެ ހުވާގެ މަތީގައި ހުރެ, ކޮންމެ ދުވަހަކުވެސް އެހުވާ