އާއިލާގެ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ސާބިތުވެ، މީހަކު 20 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
އެ މައްސަލައިގައި ކުށް ސާބިތުވުމުގެ ސަބަބުން ޖަލަށްލައިފައިވަނީ ހުސެއިން އަލީފް ނަމަކަށް ކިޔާ މީހެކެވެ.
ކުރިމިނަލް ކޯޓުން އިއްޔެ އެ މައްސަލައިގައިކުރި ހުކުމުގައި ބުނެފައިވަނީ އަލީފްގެ މައްޗަށް ސާބިތު ކުރުމަށް ދައުލަތުން ހުށަހެޅި ހެކިގަރީނާއަށް ބަލާއިރު، މިއީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވާ މައްސަލައެއް ކަމަށެވެ.
އެހެންވެ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 15 ވަނަ މާއްދާގެ ދަށުން އާއިލާގެ ކުޑަކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުން އަލީފް ކުށްވެރިވާ ކަމަށް ކަނޑައަޅާފައިވާ ކަމަށް ވެސް ކްރިމިނަލް ކޯޓުން ވިދާޅުވިއެވެ.




ގުޅުންހުރި
ކުޑަ ދެ އަންހެން ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް, ތުހުމަތު
ބަނގުރާ ބޮއެގެން ދަރިއަކަށް ޖިންސީ އަނިޔާކުރި މަންމަ ހައްޔަރުކޮށްފި
ދަރިވަރުންތަކަކަށް ބަރަހަނާ މަންޒަރު ދައްކައި، ޖިންސީ ގޯނާކުރި މައްސަލައެއްގައި ދިވެހި ޓީޗަރަކު
ދެ ޓީޗަރަކު ދަރިވަރުން ގައިގައި އަތްލި މައްސަލަތަކެއް، ބިދޭސީ ޓީޗަރަކު ހައްޔަރަށް
ޖިންސީ ނިޔަތެއްގައި ކުއްޖެއްގެ ގައިގައި އަތްލި މީހަކު 10 އަހަރަށް ޖަލަށް!
ބޮކްސާ ތެރޭގައި މަސްތުވާތަކެތި ފޮރުވައިގެން އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި