ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ ސްޓްރެޖެޓިކް އެކްޝަން ޕްލޭން މިއަދު އިފްތިތާހުކޮށްފި އެވެ.
އާރްޑީސީން މިއަދު ބުނީ އެ ކުންފުނީގެ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ދިގުރާސްތާ އިސްތިރާޖީ އެކްޝަން ޕްލޭން އިފްތިތާހުކޮށްފައިވަނީ އެ ކުންފުނީގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ސްޓާފް ނައިޓުގައި ކަމަށެވެ.
އެކްޝަން ޕްލޭން އިފްތިތާހުކޮށްދެއްވީ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދު ކަމަށް އާރްޑީސީން ބުންޏެވެ. އެކްޝަން ޕްލޭންގެ އިތުރުން އެކަމާއި ގުޅޭ ފޮތެއް ވެސް ނެރެފައިވާ ކަމަށް އާރްޑީސީން ބުންޏެވެ.
އާރްޑީސީން ބުނީ މިހިނގާ އަަހަރާއެކު ކުރިއަށް އޮތް ފަސް އަހަރަށް ތައްޔާރުކޮށްފައިވާ އެކްޝަންގެ ޕްލޭންގެ މަގްސަދަކީ އެ ކުންފުނީގެ ތަސައްވަރަށް ވާސިލުވުމަށްޓަކައި އެކަށައަޅައިފައިވާ އަމާޒުތަކަށް މަސައްކަތް ކުރާނެ ސާފު މަގު ޗާޓެއް އެކުލަވާލުން ކަމަށެވެ. އެ ޕްލޭންގައި އިސްކަންދޭނެ ފަސް ދާއިރާއެއް ހިމަނައިފައިވާނެ ކަމަށް އާރްޑީސީން ބުންޏެވެ.
އެއީ ކުންފުނީގެ އޮނިގަނޑު އިސްލާހު ކުރުމާއި، ސްޓޭކް ހޯލްޑަރުންގެ އިތުބާރު ދެމެހެއްޓުމާއި، ކުންފުނީގެ ގާބިލުކަން އިތުރުކުރުމާއި ކުންފުނީގެ ވިޔަފާރިތައް ޑައިވާސިފައި ކުރުމުގެ އިތުރުން މާލީ ތަންވަސްކަން ކުންފުންޏަށް ހޯދުން ކަމަށް އާރްޑީސީން ބުންޏެވެ.
މީގެ އިތުރުން އާރްޑީސީން ބުނީ ސްޓާފް ނައިޓުގައި ވަނީ ބައިނަލްއަގުވާމީ އަދި ގައުމީ ފެންވަރުގައި މަތީ ވަނަތައް ހާސިލުކުރި މުވައްޒަފުންނަށާއި ވޭތުވެދިޔަ އަހަރު އެކި ގޮތްގޮތުން ފާހަގަ ކުރެވުނު މުވައްޒަފުންގެ އަގުވަޒަންކޮށް ހަނދާނީ ފިލާއެއް ދީފައި ކަމަށެވެ.

ގުޅުންހުރި
އެސްޓީއޯގެ ފުރަތަމަ ކުއާޓަރުގެ ފައިދާ 169 މިލިއަން ރުފިޔާގެ ފައިދާއެއް
އައިޖީއެމްއެޗްގައި ހަދާ 75 އެނދުގެ ވޯޑުގެ 90 ޕަސެންޓް މަސައްކަތް ނިމިއްޖެ
ކުޑަހުވަދޫގެ އުސްގަނޑު މަގުގައި ކާބް ސްޓޯން ޖެހުން ކުރިއަށް، މަސައްކަތުގައި އަންހެނުން
އައްޑޫ ލިންކް ރޯޑާއި މަގުތަކާއި ފެން ހިންދާ ނިޒާމު ގާއިމުކުރަން 830
އީދު ކުލަގަދަކޮށް ފާހަގަކުރުމުގެ އިންތިޒާމުތައް ހަމަޖެއްސި ފަރާތްތަކަށް ރައީސްގެ ޝުކުރު
ވެލިދޫ އާ ހޮސްޕިޓަލާއި ފެންފުށީ އާ ސިއްހީ މަރުކަޒު ހަދަން އާރުޑީސީ