ދިރާގު ރޯޑް ރޭސްގައި ދުވަނިކޮށް ހާޓު އެޓޭކެއް ޖެހުނު މީހާ މަރުވެއްޖެ

ހުޅުމާލޭގައި މިދިޔަ މަހު ބޭއްވި ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރުއާރު)ގައި ދުވަނިކޮށް ހާޓް އެޓޭކެއް ޖެހިގެން ފަރުވާ ދެމުންދިޔަ މީހާ މަރުވެއްޖެ އެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހު ބޭއްވި އެ ދުވުމުގެ ފަސް ކިލޯމީޓަރު ރޭސް ނިމުނު ފަހުން ހާޓް އެޓޭކެއް ޖެހިގެން ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދިޔައީ މއ. ވައިޓް އަލީ އުމަރުމަނިކު (އޮރެގާނޯ އައްޔަ)، 45އ. އެވެ.

އޭނާ މިއަދު ހަވީރުގެ ވަގުތެއްގައި މަރުވެފައިވާ ކަން ދެ މަސްދަރަކުން ވަނީ ކަށަވަރުވެފަ އެވެ.

އޭނާގެ ކަށުނަމާދު ކުރުމަށް ހަމަޖެހިފައިވަނީ މިރޭގެ ފަތިސް ނަމާދަށްފަހު ހުޅުމާލެ ސަހަރާގަ އެވެ.