ފުވައްމުލަކު ސިޓީން ހަތަރު އަހަރުގެ ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
ފުލުހުން ވަނީ އެކަން މީޑިއާތަކަށް ކަށަވަރު ކޮށްދެއްވައިފަ އެވެ. ނަމަވެސް އިތުރު ތަފުސީލެއް ނުދެ އެވެ.
ހުޝާމް މުހައްމަދު ނަމަކަށް ކިޔާ ފޭސްބުކް އެކައުންޓެއްގައި ބުނެފައިވާ ގޮތުން ގެއްލިގެން ހޯދަމުންދަނީ އިޒްޔާން ހުޝާމް އެވެ. އެ ޕޯސްޓުގައިވެސް ކުއްޖާ ގެއްލިފައިވަނީ ކޮން ތަނަކަށް ކަމެއް ބުނެފައެއް ނެތެވެ.
ނަމަވެސް ކުއްޖާ ފެނިއްޖެ ނަމަ 9100872 އަދި 9884426 އަށް ގުޅުމަށް އެދިފައިވެ އެވެ.



