މަތީ ދަރަޖަ ހޯދި 40 ބޭފުޅަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު މިރޭ ދެއްވައިފި އެވެ.
އެ އިނާމުތައް ދެއްވީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. ހާއްސަ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސް ދެއްވީ މެޑެއްޔަކާއި ހަނދާނީ ލިޔުމެކެވެ.
މި އަހަރުގެ ހާއްސަ އިނާމު ލިބިވަޑައިގެންނެވި 40 ބޭފުޅުންގެ ތެރޭގައި ހިމެނެނީ މަތީ ތައުލީމާއި ތަމްރީނުގެ ކޯހަކުން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދާފައިވާ ބޭފުޅުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބެއް ހޯދާފައިވާ ދެ ބޭފުޅަކާއި ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ނުވަތަ ލެވެލް 9 ގެ ސަނަދެއް ހާސިލުކުރުމުގައި އެންމެ މަތީ ވަނަ ހޯދައިފައިވާ 38 ބޭފުޅެކެވެ.
ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10ގެ ސަނަދެއް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބެއް ހޯދި ބޭފުޅުން؛
- މއ. ޑޯންލައިޓް/ ޑރ. އާއިޝަތު ޝިނާ
- ހުޅުމާލެ/ ފްލެޓް ނަންބަރު 03-ޖީ-89، ޑރ. ހަދީޖާ ރަޝީދު
ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7، 8 ނުވަތަ 9ގެ ސަނަދެއް ހާސިލުކުރުމުގައި އެންމެ މަތީ ވަނަ ހޯދި ބޭފުޅުން:
- ތ. ގުރައިދޫ/ ކުރި، އާއިޝަތު އިބްރާހީމް
- ތ. ކިނބިދޫ/ ޑޭޒީމާގެ، ފާތިމަތު ސަނާ
- ސ. ފޭދޫ/ އާބާދީގެ، ފާތިމަތު ޣާޒިޔާ ފަތުހީ
- ސ. ހިތަދޫ/ ސަންފާކެޔޮގެ، ނީޝާ ނަސީރު
- ޏ. ފުވައްމުލައް/ މިސްކިތްމަގު، ވިދުން، މަރިޔަމް ޝިއުނާ
- ލ. ފޮނަދޫ/ ސަންސައިޑް، އަލީ ފަރްހާން
- ގދ. ތިނަދޫ/ ރެކްސޯނާ، މޫސާ މާއިޝް އަބްދުﷲ
- ހ. އެބޫދޫގެ، މާރިޔާ ޝައުކަތު
- ސ. ހިތަދޫ/ ސުތުލިގެ، އާއިޝަތު ސަތީރާ މުހައްމަދު
- ށ. މިލަންދޫ/ ޗާނދަނީގެ، އިބްރާހިމް ސާދިން
- މއ. ހަލްކާ/ އަހުމަދު ރައިހާން
- ގއ. މާމެންދޫ/ އަންދަލީބުގެ، ސާޖަންޓް ޝާޔަދު ސައީދު
- މ. ކެޕްރިކޯން/ އާއިޝަތު ޔަޝްފާ ޔޫސުފް
- ހދ. ވައިކަރަދޫ/ ހިސާން، ވޮރަންޓް އޮފިސަރު 2 މުހައްމަދު އަފްރާހު
- ކ. ގުރައިދޫ/ ޕިންކްފްލާވާ، މުހަންމަދު ރިޝްފާއު
- ށ. މާއުނގޫދޫ/ ވީވަރު، ފާތިމަތު ޒަހްރާ
- ށ. މާއުނގޫދޫ/ ނިވާދޮށުގެ، ސާޖަންޓް އިސްމާއިލް ޝަރީފު
- މ. ހުވަނދުގަދަކޯޅިގެ، މުހައްމަދު އަނަސް
- މ. ބޮނޑިމާގެ، އާއިޝަތު އަފާ
- ޅ. ހިންނަވަރު/ ދައުހަދާގެ، އާއިޝަތު އަމާނީ އަބްދުއްރަހްމާން
- ހ. މާދޫވެހި، އަލީ ޖައިޝަން އާމިރު
- ހދ. މަކުނުދޫ/ މެޒޯ، ލީނާ ޒިޔާދު
- ގދ. ފިޔޯރީ/ ހެވަންލީހޭވަން، އާޒިފާ އަފީފު
- ޏ. ފުވައްމުލައް، ފުނާޑު/ ލަގްޒަރީވިލާ، ޝަޒްނާ އަހުމަދު
- ހ. އުނިގަސްދޮށުގެ/ އާއިޝަތު ނުހާ ހަމީދު
- މ. ޖޭމު/ އަހުމަދު ޔައީޝް މުހައްމަދު
- ދ. ބަނޑިދޫ/ އޮވާސީޒް، އިބްރާހިމް ޒައިދާން
- ގއ. ދާންދޫ/ ތަރިވިދާގެ، ރަޝްފާ މުހައްމަދު ހަބީބް
- މ. ކަރިޝްމާ/ ހަސަން ޒަޔާން އައްޒާމް
- ގއ. ގެމަނަފުށި/ ހަރުމަލުގެ، މަރިޔަމް ޝާހީނާ
- ބ. އޭދަފުށި/ އެތުމާގެ، އާއިޝަތު އަހްލާ
- ދަފްތަރު. ނަންބަރު ރސ 4101/ އާމިނަތު ރިސްމާ
- ސ. ހިތަދޫ/ މެހެފިލް، ޑރ. ފާތިމަތު އަތުފާ
- ތ. ހިރިލަންދޫ/ މީނާޒް، މަރިޔަމް ނަޝްވާ
- މ. މަސްތާނު/ އިބްރާހިމް މާހިލް މުހައްމަދު
- ހުޅުމާލެ ހިޔާ 15-19-10/ ޑރ. އާމިނަތު ޝިފްރާ
- މ. މުރަނގަވިލާ/ ޛަހާ މުޙައްމަދު ޒިޔާދު
- މ. މުރަނގަވިލާ/ އަހުމަދު ރުވައިދު ޒިޔާދު
ގުޅުންހުރި
މެންބަރުކަން ގެއްލުވާލުމުގެ ބާރު ސިޔާސީ ޕާޓީއަށް ދިނުމުން ރައްޔިތުންގެ ބާރު ގެއްލޭ:
ސްޓެލްކޯގެ ފުރިހަމަ މަސައްކަތެއް؛ އިސްލާމީ މަރުކަޒުގެ މަސްފެންގަނޑު މަރާމާތުކޮށް ރީތިކޮށްލައިފި
އައިކޮމްގެ އަޑުއެހުމަށް ހާޒިރުނުވުމުން ހައުސިން މިނިސްޓްރީ ޖޫރިމަނާކޮށްފި
މަނާކުރަންވީ ފަލަސްތީނުގައި ގަތުލުއާންމު ހިންގާ މީހުންގެ ޕާސްޕޯޓް އެކަނި: ނާޒިމް
މަޖިލީހުގެ ގާނޫނީ ހައިސިއްޔަތާ މެދު ސުވާލު އުފެދިއްޖެ، ކޯޓަށް ދާން މަޝްވަރާކުރާނަން:
އިޒްރޭލު ޕާސްޕޯޓް މަނާކުރާ ބިލާ ގުޅޭ ގަރާރު ބޭރުކުރީ އެމްޑީޕީގެ ހެޔޮނިޔަތް