ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 2025 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ބަހުސް މިރޭ 11:00 އާ ހަމައަށް ކުރިއަށް ގެންދިޔުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ނަމަވެސް މިއަދު 13:45 އެހާކަންހާއިރު ބަޖެޓް ބަހުސް ނިންމަލައިފި އެވެ.
މިއަދު ޖަލްސާގައި މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަން ހުންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ބަޖެޓް ބަހުސް ނިންމުމަށް ވަގުތު އިތުރުކުރަން ހުށަހަޅައިފަ އެވެ. އެއީ ބަޖެޓަށް ބަހުސް ކުރަން ބޭނުންވާ ހުރިހާ މެންބަރުންނަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ. އަބްދުއްރަހީމް ވަނީ މާދަމާގެ ޖަލްސާގައި ވެސް ބަޖެޓަށް ބަހުސް ކުރަން ބޭނުންވާ މެންބަރުންނަށް ފުރުސަތު ދިނުމަށް ޖަލްސާ ދަންމާލަން ހުށަހަޅައިފަ އެވެ.
މަޖިލީހުން އެގޮތަށް ފާސްކުރި ނަމަވެސް ބަހުސްގެ މަރުހަލާ ކުރިއަށް ގެންގޮސްފައި ވަނީ ގާތްގަނޑަކަށް މިއަދުގެ 13:45 ހިސާބަށެވެ. އެހާއިރު އިތުރު މެންބަރަކު ވާހަކަދައްކަވަން ފުރުސަތަކަށް އެދިފައި ނުވުމުގެ ސަބަބުން ރިޔާސަތު އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ޖަލްސާ ނިންމަވާލައްވައިފަ އެވެ.
”މިހާ ހިސާބަށް އައިއިރު މިއަދުގެ ބަހުސްގަ އެއްވެސް ބޭފުޅަކު ވާހަކަދައްކަވަން އެދިވަޑައިގެން ނެތް. އެހެންވެ އަޅުގަނޑު ގަސްތު ކުރަނީ ބަހުސް ނިންމާލުމުގެ ބަދަލުގަ މާދަމާ އަނެއްކާ ވެސް ބަހުސައިގެން ކުރިއަށް ދާން. މިއަދުގެ ޖަލްސާ މިހާ ހިސާބުން ނިންމާލަން އަޅުގަނޑު ގަސްތުކުރަނީ،“ އަބްދުއްރަހީމް ވިދާޅުވި އެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން 56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ މިދިޔަ އޮކްޓޫބަރު މަހުގެ 31 ގައެވެ.
މީގެކުރިން ދައުލަތުގެ ބަޖެޓު ހުށަހެޅުމަށް ފަހު އެންމެ ފުރަތަމަ ވެސް ތަޅުމުގައި ބަހުސްކުރުން ކުރިއަށްގެންދެއެވެ. ނަމަވެސް މިފަހަރު އެންމެ ފުރަތަމަ ވަނީ ބަޖެޓު ކޮމިޓީއެއް އެކުލަވައިލާ، ބަޖެޓު ދިރާސާކުރުން ކުރިއަށް ގެންގޮސްފައެވެ. ތަޅުމުގައި މެންބަރުން ބަހުސްކުރަން ފެށީ އެއަށްފަހެވެ.

ގުޅުންހުރި
މަޖިލިސް މި ހިންގަނީ ވަރަށް ރަނގަޅަށް، ރައްޔިތުން ބޭނުންވާ ގޮތަށް: ފަލާހު
އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެނުވެވޭ ބިލް ރައީސް ތަސްދީގު ކުރައްވައިފި
ނުކުޅެދުންތެރި މީހުންނާ މެދު ސަރުކާރުން އިހުމާލުވާ މައްސަލަ ބަލާކަށް މަޖިލީހުން ބޭނުމެއް
ބާރު ލިބޭ ދުވަހަކުން އެމްޑީޕީން އިޒްރޭލް ޕާސްޕޯޓު މަނާކުރުން އުވާލާނެ: ފަލާހު
އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެނުވެވޭ ގޮތަށް މަޖިލީހުން ފާސްކޮށްފި
ގައުމުގެ ކަންކަން ބޮއްސުންލީ މެންބަރުންގެ ސަބަބުން، ކުށްވެރިންނަކީ ވެސް މެންބަރުން: ސަލީމް