ތަނަވަސްކަން ނެތް ރައްޔިތުންނަށް ތަނަވަސްކަން ލިބުމުށް ބޭނުންނުވާ ސިޔާސީ ވެރިން ކުރިއަށް އޮތް ތަނުގައި ވަރަށް އަވަހަށް ފެނިގެންދާނެ ކަމަށް ރައިސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަމުންދަނީ ރައްޔިތުންގެ ފަޅީގައި ހުރެގެން ކަމަށެވެ. ރައީސް އެގޮތަށް ވިދާޅުވީ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި އެ މަނިކުފާނު ވިދާޅުވީ މި ސަރުކާރުން ކުރިޔަށް ދާނީ ރައްޔިތުންގެ ފަޅީގައި އޮވެގެން ކަމަށެވެ. އެ މަނިކުފާނުގެ ސަރުކާރުން މަސައްކަތް ކުރާނީ އިންސާފުވެރިކަމާއެކު ހުރިހާ ރައްޔިތުންނަށް ތަނަވަސްކަން ހޯދައިދިނުމަށް ކަމަށް ރައީސް ވިދާޅުވި އެވެ.
”ތަނަވަސްކަން ނެތް ރައްޔިތުންނަށް ފައިދާއެއް ވާން ނޭދޭ ސިޔާސީ ވެރީން ރައްޔިތުންނަށް ވަރަށް ސާފުވާތަން ކުރިއަށް އޮތް ތާނގައި އިތުރަށް ފެންނާނެ. މި ސަރުކާރު ކުރިޔަށްދާނީ ރައްޔިތުންގެ ފަޅީގައި އޮވެ ހުރިހާ ރައްޔިތުންނަށް އިންސާފުވެރިކަމާއެކު ތަނަވަސްކަން ހޯދައިދިނުމުގައި.“ ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު އެފަދަ ގޮތަކަށް އެކްސްގައި ޕޯސްޓެއް ކުރެވިއިރު އެމްއެމްއޭއިން އެކުލަވައިލި ބޭރު ފައިސާއާ ބެހޭ ގަވާއިދަށް ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ބައެއް ކުންފުނިތަކުން ވަނީ ދެކޮޅު ހަދައިފަ އެވެ. އެ ގަވާއިދުގައިވާ ގޮތުން ރިސޯޓުތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު އަދި ގެސްޓްހައުސްތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ މަގުން ރާއްޖޭގެ ބޭންކަކަށް ޑޮލަރު މާރު ކުރަން މަޖުބޫރުވާނެ އެވެ.
އެ ގަވާއިދަށް ފެށީ މިދިޔަ މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.
ގަވާއިދަށް ދެކޮޅު ހަދައި ގަވާއިދަށް އަމަލުނުކުރާނެކަން ސަރުކާރަށް އެނގި ކުންފުނިތަކުގެ ތެރެއިގައި ޗަމްޕާލާސް ހޯލްޑިންގްސް، ކޮމަންޑޫ ހޯލްޑިންގްސް އަދި ކުރެއްދޫ ހޯލްޑިންގްސްއިން ހިމެނެ އެވެ. މިއީ ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު)ގެ ކުންފުނިތަކެވެ.
އަދި ޔުނިވާސަލް އެންޓްޕްރައިޒަސްއިން ވެސް ވަނީ އެ ގަވާއިދާ ދެކޮޅު ހަދައިފަ އެވެ. ޔުނިވާސަލުން ރާއްޖޭގައި އަށް ރިސޯޓެއް ހިންގަ އެވެ.




7 Comments
ގުޅުންހުރި
އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހްތިސާސަށް ބަދަލު ގެނެސްފި
ރައީސް، މެދުހެންވޭރު ”ދޮރުންދޮރަށް“ ހަރަކާތަށް
ރައީސް މިއަދުވެސް ”ދޮރުންދޮރަށް“ ހަރަކާތަށް
މަގާމަށް އިންތިހާބު ކުރިތާ 45 ދުވަސް ފަހުން ޖޭއެސްސީއަށް ފަނޑިޔާރު ޝަފީއު
ތެލަސީމިއާ ސެންޓަރުން ހުކުރު ދުވަސްތަކުގައި ވެސް ހިދުމަތްދޭން ފަށައިފި
އިންސާނީ ކަރާމާތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ މަސައްކަތުގައި ރާއްޖެ ދެމިއޮންނާނެ: ރައީސް