އިންޑިއާގެ ބެންގަލޫރުގައި ހުންނަ ހޮޓަލެއްގެ ތެރޭގައި ދިވެއްސަކު މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.
އިންޑިއާގެ ފުލުހުންނާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުގައި ރިޕޯޓް ކޮށްފައިވާ ގޮތުން ބަލާރީ ރޯޑުގައި ހުންނަ އާރުޓީ ނަގާރު ކޮމްފޯޓްސް ނަމަކަށް ކިޔާ ހޮޓަލެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނިފައިވަނީ ހަސަން ސުހެއިލް ނަމަކަށް ކިޔާ 43 އަހަރުގެ މީހެކެވެ.
އޭނާ މަރުވެފައި އޮއްވައި ފެނުނީ އޭނާ ހުރި ކޮޓަރިން ނުނިކުމެ ތިން ދުވަސްވުމުން އޭނާއަށް ގުޅައިގެންވެސް ހަބަރެއް ނުވެގެން ފުލުހުން މެދުވެރިކޮށް ކޮޓަރީގެ ދޮރު ހުޅުވައިގެން ވަދެ ބެލުމުން ކަމަށް އެ ނޫސްތަކުގައި ރިޕޯޓް ކޮށްފައިވެ އެވެ.
ފުލުހުންގެ އޮފިސަރަކާ ހަވާލާދީ ޓައިމްސް އޮފް އިންޑިއާގައި ބުނެފައިވާ ގޮތުން ސުހެއިލް އިންޑިއާ އަށް އެތެރެވެފައިވަނީ ޓޫރިސްޓެއްގެ ގޮތުގައި މި މަހުގެ 10 ވަނަ ދުވަހު އެވެ. އަދި މިދިޔަ ހޯމަ ދުވަހު ބެންގަލޫރުން ބޯޕާލްއަށް ފުރުމަށް ޓިކެޓް ބުކްކޮށްފައި އޮތްއިރު، ބޯޕާލް އިން މުމްބާއީއަށް ދިއުމަށް އިއްޔެ ޓިކެޓެއް ނަގާފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.
އެ ނޫހުގައި ބުނެފައިވާ ގޮތުން، ސުހެއިލް އޮތީ މުމްބާއީ މަގުން މިއަދު ރާއްޖެ ދިއުމަށް ޓިކެޓް ނަގައިފަ އެވެ.
”އަހަރެމެންނަކަށް ނޭނގެ ސުހެއިލް ބޮޕާލްއަށް ދަތުރުނުކުރީ ކީއްވެ ކަމެއް. ފާހާނާ ކުރިމައްޗަށް ހުރީ ހޮނޑުލެވިފައި. އަހަރެމެންނަށް ޝައްކު ކުރެވެނީ ލޭގެ ޕްރެޝަރު ދަށްވެ އަދި ޑީހައިޑްރޭޓް ވެގެން ކާޑިއެކް އެރެޓެސްޓެއް ޖެހިގެން މަރުވީ ކަމަށް،“ ޓައިމްސް އޮފް އިންޑިއާއަށް މައުލޫމާތު ދިން ފުލުހުންގެ އޮފިސަރު ބުނެފައިވެ އެވެ.
އެ ނޫހުގައި ބުނެފައިވާ ގޮތުން އިންޑިއާގެ ފުލުހުން ވަނީ ސުހެއިލްގެ މަރުގެ މައްސަލަ އެ ގައުމުގައި ހުންނަ ރާއްޖޭގެ އެމްބަސީއަށާއި އިމިގްރޭޝަންގެ އޮފިސަރުންނަށް އަންގައިފަ އެވެ. އަދި ސުހެއިލްގެ އާއިލާ މީހުން އިންޑިއާއަށް ދަންދެން އޭނާގެ ހަށިގަނޑު މޯޗަރީގައި ބާއްވާފައިވާ ކަމަށާއި އެ މީހުންގެ ހުއްދައާއެކު ޕޯސްޓްމޯޓަމް ހަދާނެ ކަމަށްވެސް ބުނެފައިވެ އެވެ.
ގުޅުންހުރި
އައިކޮމްގެ އަޑުއެހުމަށް ހާޒިރުނުވުމުން ހައުސިން މިނިސްޓްރީ ޖޫރިމަނާކޮށްފި
މަނާކުރަންވީ ފަލަސްތީނުގައި ގަތުލުއާންމު ހިންގާ މީހުންގެ ޕާސްޕޯޓް އެކަނި: ނާޒިމް
މަޖިލީހުގެ ގާނޫނީ ހައިސިއްޔަތާ މެދު ސުވާލު އުފެދިއްޖެ، ކޯޓަށް ދާން މަޝްވަރާކުރާނަން:
އިޒްރޭލު ޕާސްޕޯޓް މަނާކުރާ ބިލާ ގުޅޭ ގަރާރު ބޭރުކުރީ އެމްޑީޕީގެ ހެޔޮނިޔަތް
ނުރަސްމީ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން ޔޫކޭއަށް، ހުރިހާ ހަރަދެއް ކުރައްވާނީ އަމިއްލަފުޅަށް
މިއަދު އެ ފެނުނީ ޕީއެންސީގެ މެންބަރުން އަމިއްލަ މަސްލަހަތު ކުރިއަށް ނުނެރޭނެކަން: