އިހުސާންކަމުގައި، ގާތްތިމާގެ މީހުންނާމެދު އޮންނަ ރަހިމުގެ ގުޅުން ދެމެހެއްޓުންވާ ކަމަށާއި އެއީ އުމުރާއި ރިޒްގުގައި ބަރަކާތް ލައްވައި، މަރުމަތި އަމާންވާނޭ ކަމެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
’އިހުސާންކަން‘ މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ، އިހުސާންކަމަކީ މުކައްލަފެއްގެ އެންމެހައި އަމަލުތަކުގައި ހުރުން ލާޒިމު ސިފައެއް ކަމަށާއި އެގޮތުން އޭނާގެ އިސްލާމްކަމާއި އީމާންކަމާއި އަޅުކަމުގައި އަދި އޭނާ އެހެންމީހުންނާ ކުރާ މުއާމަލާތުގައްޔާއި އަމިއްލަ ނަފުސަށް ކުރާ މުއާމަލާތުގައި އިހުސާންކަން ހުންނަންޖެހޭނެ ކަމަށެވެ.
އޭގެ އިތުރުން އޭނާގެ މާލީ މުއާމަލާތާއި އަބުރު ހިފެހެއްޓުމާއި އިލްމު އުނގެނުމާއި އެންމެހައި އަމަލުތަކުގައި ވެސް އިހުސާންކަން ވާންޖެހޭނެ ކަމަށް ހުތުބާގައި ބުންޏެވެ.
އިހުސާންކަމަކީ، ޝަހާދަތުގެ ދެކަލިމަ ތެދުކޮށް، އެއާ އެއްގޮތަށް އަމަލުކޮށް، މާތް ﷲ އަށް އީމާންވުމާއެކު، ކީރިތި ރަސޫލާއަށް ފުރިހަމައަށް ތަބައަވުންކަން ފާހަގަކޮށް ހުތުބާގައި ބުނީ، އިހުސާންކަމުގެ މަތިވެރި ސިފަ ލިބިގެންވާ މުއުމިނާ، އޭނާގެ އަޅުކަމުގައި، މާތް ﷲ އަށް އިހުލާސްތެރިވާނެ ކަމަށެވެ.
އެގޮތުން ނަމާދުގައި ދެއްކުންތެރި ނުވެ ގިޔާމާއި ރުކޫއާއި ސުޖޫދުގައި މަޑުމައިތިރިވާނެ ކަމަށާއި ޒަކާތް ނެރޭނީ، ﷲގެ ރުހިވޮޑިގަތުން އަދައިގެން ކަމަށާއި އަދި އޭނާ ﷲ ދެއްވި ނިއުމަތަށް ޝުކުރުވެރިވާ ހާލު، ފަރްޟު ޒަކާތުގެ އިތުރުން ގިނަގިނައިން ސަދަގާތްކޮށް އުޅޭނެ ކަމަށްވެސް ބުންޏެވެ.
ހުތުބާގައި ބުނީ، އިހުސާންތެރިޔާ ރޯދަ ހިފާނީ، ކެއިންބުއިން ދޫކޮށްލުމުން އެކަނި ނޫން ކަމަށާއި އޭގެ އިތުރުން އޭނާ ރޯދައަށް ހުންނަ އިރު، އޭނާގެ ދުލާއި ލޮލާއި ހިތާއި އެންމެހައި ގުނަވަންތައް އުރެދުންތަކުން އެއްކިބާ ކުރާނެ ކަމަށެވެ. އަދި ބެލުންތައް ތިރިކޮށް، ބަސްމަގު ރިވެތިކުރާނެ ކަމަށާއި އަނިޔާވެރި އަމަލުތަކުން، އޭނާގެ އަތްފައިރައްކާތެރިކޮށް، ފާފަވެރިވާފަދަ ކުށްހީތަކުން އޭނާގެ ހިތް ރައްކާތެރިކުރާނެ ކަމަށް ބުންޏެވެ.
އިހުސާންކަމުގައި އަޅުތަކުންގެ މައްޗަށް އިހުސާންތެރިވުން ހިމެނޭކަން ފާހަގަކޮށް ހުތުބާގައި ބުނީ، އިހުސާންތެރިވުން އެންމެ އައުލާކަން ބޮޑު ބަޔަކީ، މައިންބަފައިން ކަމަށެވެ. އަދި ގާތްތިމާގެ މީހުން ފިޔަވައި ޔަތީމުންނާއި މިސްކީނުންނާއި ހަނގުރާމައިގެ އަސީރުން ފަދަ ނިކަމެތީންނަށް އެހީތެރިކަން ފޯރުކޮށްދީ، ކާންދީ އުޅުމަކީވެސް އިހުސާންތެރިކަމުގެ ތެރޭގައި ހިމެނޭ މުހިންމު ބައެއް ކަމަށް ބުންޏެވެ.




1 Comment
ގުޅުންހުރި
ސިޔާސީ އޮއިވަރުގައި ޖެހިގެން މަސްވެރިންނަށް ވާނެ ފައިދާއެއް ނޯންނާނެ: ރައީސް
މައުރޫފަށް އަނިޔާނުކުރާ ކަމަށްބުނެ، ބަންދުން ދޫކޮށްލައިފި
މާދަމާއިން ފެށިގެން މަސް ގަންނަ އެންމެ ދަށް އަގަކަށް 16 ރުފިޔާ
”އިރުން ހަކަތަ: ދުވާފަރު ހޯމް ސޯލާ“ ޕްރޮގްރާމު އިފްތިތާހުކޮށްފި
ދުވާފަރު ހިއްކި ސަރަހައްދުގެ ފެނާއި ނަރުދަމާގެ މަސައްކަތް އެމްޑަބްލިޔުއެސްސީއަށް
މަސްވެރިކަމުގެ ދާއިރާގެ މަސައްކަތްތައް ލަސްވަނީ ބޭރުގެ ”ޑިއު ޕްރޮސެސް“އާ ހެދި: ރައީސް