ހުޅުމާލެ ފޭސް ދޭއްގެ ހިޔާ ޓަވަރެއްގެ އެޕާޓްމަންޓެއްގެ ތެރޭގައި މީހަކު ރަހީނުކުރި މައްސަލައިގައި ހައްޔަރުކުރި 12 މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.
ގޭންގަކަށް ނިސްބަތްވާ ބަޔަކު، އެޗް9-20-11 ގައި މީހަކު ރަހީނުކޮށްގެން ގެންގުޅެނިކޮށް އޭނާ ސަލާމަތްކުރީ މި މަހުގެ ހަތްވަނަ ދުވަހު އެވެ.
ފުލުހުން ބުނި ގޮތުގައި މީހާ ރަހީނުކުރި ތަނަކީ ޑުރަގް ކެފޭއެއްގެ ގޮތުގައި ބޭނުން ކުރަމުންދާ ތަނެކެވެ. އަދި ރަހީނުކުރި މީހާ ސަލާމަތް ކުރެވުނީ އޭނާގެ ބޯ ބާލައި އިނގިލިތައް ބުރިކޮށްލަން އުޅެނިކޮށް ކަމަށާއި އޭނާ ރަހީނުކުރީ ޑުރަގާ ގުޅޭ ފައިސާތަކެއްގެ މައްސަލައިގައި ކަމަށްވެސް ބުންޏެވެ.
އެ މައްސަލައިގައި ހައްޔަރުކުރި 12 މީހުންނަކީ:
- ލ. އިސްދޫ/ ހިޔަލީގުލްޝަން، އިބްރާހިމް ނަޝީދު (34އ)
- ލ. މާވަށް/ ޖަމީލާމަންޒިލް، އާދަމް ހުސެއިން (48އ)
- ށ. ފޯކައިދޫ/ ދަންމަރު، އަހުމަދު ޒާހިދު (36އ)
- ކ. ގުރައިދޫ/ ޒުނައިޓްވިލާ، އިޒާން އަހުމަދު (18އ)
- މ. ހަތިކަނޑު/ މުހައްމަދު އިޒްކާން (18އ)
- ގދ. ވާދޫ/ ވެހި، އަލްމާން އަލީ ހާލިދު (22އ)
- ބ. ގޮއިދޫ/ ނައިޓްސްޓާ، އަހުމަދު ސަމީހު (22އ)
- ވ. ގާމާ/ އިސްމާއިލް ވިސާމް މުހައްމަދު (29އ)
- ގދ. ވާދޫ/ ޗިޗަންޑާގެ، ވިޝާމް މުހައްމަދު (23އ)
- ހުޅުމާލެ ހިޔާ 14-17-03، ވިސާން މުހައްމަދު (30އ)
- ގދ. ވާދޫ/ ޖަނަވަރީގެ، މުޝްތާގު ޝާކިރު (37އ)
- މ. ކޮޅުފުށި/ ހަސަން ގާލިބު (38އ)
މި މީހުންގެ ތެރެއިން އަލްމަން، އިޒްކާން އަދި އިޒާންގެ ބަންދަށް ކްރިމިނަލް ކޯޓުން ފުރަތަމަ ދިނީ ފަސް ދުވަހެއް. އަނެއް ނުވަ މީހުންގެ ބަންދަށް ދިނީ ހަތް ދުވަހެވެ.
ފުލުހުން މިއަދު ބުނީ، އެ މީހުންގެ ބަންދާމެދު އިތުރަށް ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޒާހިދު އިތުރު ފަސް ދުވަހަށް، އަލްމާން، އިޒްކާން އަދި އިޒާން އިތުރު އަށް ދުވަހަށް ބަންދުކޮށްފައިވާ ކަމަށެވެ.
އަދި ބާކީ ތިބި އަށް މީހުން ތަހުގީގު މަރުހަލާ ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށްވެސް ބުންޏެވެ.

ގުޅުންހުރި
އޭވިއޭޝަން ދާއިރާގެ ކުރިއެރުމަށް ބާއްވާ އެންމެ ބޮޑު މަޝްވަރާ މި މަހު
ރ. އަދި ބ. އަތޮޅުގައި އާރުޓީއެލް ފެރީގެ ހިދުމަތް ފަށަން އިންޑިއާ
ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި
ވަކިވުމާ ހަމައަށް ސީއީއޯ އަށް ވާނީ މުސާރަދީފައި: ޑީބީއެމް
އޭޖީއެމް ނުނިމެނީސް ހިއްސާދާރުންނަށް ފައިދާ ޖަމާކޮށްދީ، ރެކޯޑަކާއެކު އެސްޓީއޯ ތާރީހުގެ ތެރެއަށް!
ކަސްޓަމުގެ ގުދަނުން ސިނގިރޭޓް ގެއްލުން: އެންމެން ދޫކޮށްލައިފި