ސިޔާސީ ޕާޓީއެއްގެ މެންބަރަކު ގާނޫނާހިލާފު ކަމެއް ކޮށްފިނަމަ، އެ މެންބަރަކު ނިސްބަތްވާ ޕާޓީ ޖޫރިމަނާ ކުރެވޭ ގޮތަށް ސިޔާސީ ޕާޓީގެ ގާނޫނަށް ގެނައި އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުން އެ އިސްލާހު ފާސްކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ޖަލްސާގަ އެވެ.
އެ ބިލުގައިވާ ގޮތުން ސިޔާސީ ޕާޓީއެއްގެ މެމްބަރު ކަމަށް ގަވާއިދާ ހިލާފަށް މީހެއްގެ ނަން ހުށަހެޅުން ފިޔަވައި، ގާނޫނުގެ އެހެން މާއްދާއަކާ ހިލާފުވާ ފަރާތްތަކަށް އަދަބު ކަނޑައެޅޭނެ އެވެ. އެގޮތުން ގާނޫނާހިލާފުވާ މެންބަރުން 30،000ރ. އާއި 75،000ރ.އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކޮށް، އެ އަމަލެއް ހިންގި ފަރާތް ނިސްބަތްވާ ޕާޓީ 100،000ރ.އިން ޖޫރިމަނާކުރާނެ އެވެ.
ސިޔާސީ ޕާޓީގެ ގާނޫނުގައި ކުރިން ބަޔާންކޮށްފައިވަނީ ދެ ބާވަތެއްގެ ޖޫރިމަނާއެވެ. އެއީ ޕާޓީއެއްގެ މެންބަރު ކަމަށް ގަވައިދާ ހިލާފަށް މީހެއްގެ ނަން ހުށަހަޅައިފި ނަމަ، އެކަން ކުރި ފަރާތެއް 5،000ރ. އާއި 10،000ރ.ގެ އަދަދަދުން ޖޫރިމަނާ ކުރުމާއި އެ ނޫން ހުރިހާ ކަމެއް ފިޔަވައި، ގާނޫނުގެ އެހެން މާއްދާއަކާ ހިލާފުވާ ފަރާތެއް 30،000ރ. އާއި 75،000ރ.އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.
އެ ގާނޫނަށް އަލަށް ގެނައި އިސްލާހުގައި ވަނީ ޕާޓީއެއްގެ މެމްބަރަކު ނިސްބަތްވާ ޕާޓީ 100،000ރ. އިން ޖޫރިމަނާ ކުރުމެވެ.




ގުޅުންހުރި
ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ފެބްރުއަރީ 5ގައި
ކައުންސިލްތަކަކީ ސަރުކާރު ޖަވާބުދާރީ ކުރުވާ ބައެއް ނޫން، އެއީ ވެރިކަމުގެ ފަށަލައެއް:
މިހާރު އޮތް މަޖިލީހުގެ ދައުރު ކުރުކޮށް، ދެ އިންތިހާބު އެއްކޮށްލަން ބިލެއްް
ވެރިކަންކުރާ ޕީއެންސީގައި 74،000 މެންބަރުން، އެމްޑީޕީގައި 43،700 މީހުން
ފިކުރީ މުދާ ހިމާޔަތްކުރާ އޮފީސް އުފައްދައިފި
”ޕްރޮޖެކްޓް އައިލާ“ ގެ ނަމުގައި ”ސަސްޓެއިނަބަލް ޓައުންޝިޕް“ އެއްގެ ގޮތުގައި އެސްއީޒެޑްއެއް