ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަގާމުން ވަކި ކުރުމުގެ ފުރިހަމަ ބާރު ސިޔާސީ ޕާޓީތަކަށް ދިނުމުގެ ބަދަލުގައި، އެ ބާރު ސީދާ މެންބަރުން ނިސްބަތްވާ ދާއިރާގެ ރައްޔިތުންނަށް ދިނުމަށް އިސްލާހެއް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް މިއަދު ހުށަހެޅުއްވުމުން އެ އިސްލާހު މަޖިލީހުން ބޭރުކޮށްލައިފި އެވެ.
ރައްޔިތުންގެ މަޖިލިސް މެންބަރުން ޕާޓީ ބަދަލުކޮށްފި ނަމަ، ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ގެންނަން ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ހުށަހަޅުއްވާފައިވާ ބިލު، މުޅި މަޖިލީހުގެ ކޮމިޓީން އިސްލާހުކުރި ގޮތަށް ބިލު ފާސްކުރުމަށް ވޯޓަށް އެހުމުގެ ކުރިން މީކާއީލް ވަނީ އިސްލާހެއް ހުށަހަޅުއްވައިފަ އެވެ.
އެގޮތުން ޕާޓީ މެންބަރެއްގެ ހައިސއިްޔަތުން އިންތިހާބުވި މެންބަރެއް، އަމިއްލަ އިސްނެގުމަށް ޕާޓީން ވަކިވުމާއި، އެހެން ޕާޓީއަކަށް ބަދަލުވުމާއި، އަމިއްލަގޮތުން އިންތިހާބުވާ މީހަކު ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވުމަކީ ގޮނޑި ގެއްލޭނެ ހާލަތެއް ކަމަށް ހިމަނަން ހުށަހެޅިއެވެ.
ޕާޓީގެ ނިންމުމާ ހިލާފަށް ވޯޓު ދިނުމުގެ ސަބަބުން ޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތަށް، ވަކިކުރާ ހާލަތުގައި، އޭނާ އިންތިހާބުވި ދާއިރާގައި ހިމެނޭ މީހުންގެ އަގުލަބިއްޔަތުން އޭނާ އެ މަގާމުން ވަކިކުރުމަށް ނިންމޭނެ ކަމަށްވެސް ހުށަހެޅިއެވެ.
ދާއިރާގެ ވަކި އިންސައްތައެއްގެ ރައްޔިތުން ސޮއިކޮށް މެންބަރަކު ވަކިކުރަން މަޖިލީހަށް ހުށަހަޅާ ޕެޓިޝަނެއް، މަޖިލީހުގެ ކަމާބެހޭ ކޮމިޓީން ދިރާސާކޮށް، އެ މެންބަރު މަގާމުން ވަކިކުރުމަށް އާންމު ވޯޓެއް ނެގުމަށް ނިންމައި، އެ ވޯޓުލާ މީހުންގެ އަގުލަބިއްޔަތުން އެ މެންބަރު މަގާމުން ވަކިކުރުމަށް ވެސް ހުށަހެޅިއެވެ.
މީކާއިލް ހުށަހެޅުއްވި ބިލަށް ތާއީދުކުރެއްވީ ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލެވެ. ވޯޓުގައި ބައިވެރިވި 90 މެންބަރުންގެ ތެރެއިން އެ ބިލު ފާސްކުރުމަށް 13 މެންބަރުން ވޯޓު ދެއްވި އިރު، ބިލު ފާސްކުރުމާ ދެކޮޅަށް ވޯޓުދެއްވީ 77 މެންބަރުންނެވެ.

ގުޅުންހުރި
ގޭސްވުމާއި ހަޖަމުކުރުމުގެ ނިޒާމުގެ ބަލިތަކަށް ހާއްސަ ޑރ. ޑިއޭގޯއަށް މިހާރު އޮންލައިންކޮށް
މާލޭގެ ހުރިހާ ގެއަކަށް ދިއުމުގެ ވައުދު ފުއްދިން، އޯގަސްޓުގެ ނިޔަލަށް ހުރިހާ
ދައުލަތުގެ ބަޖެޓުން އެންމެ ގިނަ ފައިސާ ސަރުކާރު ހިންގާ ޕީއެންސީއަށް، 13
ވަގު ގޯތި މައްސަލަ: އެޗްޑީސީން ފިޔަވަޅު އެޅި މުވައްޒަފުންގެ ސަސްޕެންޝަން އުވާލައިފި
ލޯނުގައި ކިޔަވާ ކުދިންނަށް ބޭންކު ރޭޓުން ޑޮލަރު ލިބޭނެ ގޮތް ހަދައިދޭނަން:
ތެލާއި ކާޑު ގެނައުމަށްވުރެ އިސްކަންދެނީ ދަރިވަރުންނަށް ފައިސާ ދޭން: ރައީސް