ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފެށި ”ގެދޮރުވެރިޔާ“ ސްކީމުގެ ދަށުން ހުޅުމާލެ 2 ގައި އިމާރާތް ކުރަމުން އަންނަ 4،000 ފްލެޓު ލިބޭ މީހުންގެ ލިސްޓު ރީއިވިއުލޭޝަންގެ މަސައްކަތަށް އެއްވެސް ނުފޫޒެއް ނެތް ކަމަށް މިނިސްޓްރީން ބުނެފި އެވެ.
ހައުސިން މިނިސްޓްރީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ފްލެޓު ލިސްޓު އަލުން ބެލުމުގެ މަސައްކަތަށް މަޖިލިސް މެންބަރުންނާއި ސިޔާސީ ވެރިންގެ ނުފޫޒު އޮތް ކަމަށް ބުނެ ދައްކަނީ ދޮގު ވާހަކައެއް ކަމަށެވެ.
”މި ސްކީމާ ގުޅިގެން ކުރިއަށް ދާ ރީއިވިއުލޭޝަންގެ މަސައްކަތަށް އެއްވެސް ފަރާތަކުން ނުފޫޒެއް ނުފޯރުވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެންމެހައި ރައްޔިތުންނަށް އަރުވަމެވެ.“ މިނިސްޓްރީން ބުންޏެވެ.
ހައުސިން މިނިސްޓްރީން މީގެ ކުރިން ބުނެފައިވަނީ ފްލެޓު ލިބޭ މީހުންގެ ލިސްޓު ރިވިއުކޮށް މިދިޔަ މަސް ނިމުމުގެ ކުރިން އާއްމުކުރާނެ ކަމަށެވެ. ނަމަވެސް އޭގެ ފަހުން، މި މަހުގެ ފުރަތަމަ ދެ ހަފުތާގައި އާންމު ކުރާނެ ކަމަށް ބުނިނަމަވެސް، ލިސްޓް އާއްމުކުރުން ވަނީ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފަ އެވެ.
މިނިސްޓްރީން ބުނީ މަސައްކަތް ކުރަމުން އަންނަނީ ބޯހިޔާވަހިކަން އެންމެ ހައްގުވެރި ފަރާތްތަކަށް ފްލެޓު ދިނުމަށް ކަމަށެވެ.
ގާތްގަނޑަކަށް މަސައްކަތް އެއްކޮށް މިހާރު ނިމިފައިވާ އެ ފްލެޓުތަކަށް ހުޅުވާލި މުއްދަތުގައި ކުރިމަތިލި 20،697 މީހުންގެ ތެރެއިން 18،167 މީހުން ފްލެޓަށް ޝަރުތު ހަމަވާ ކަމަށް ކުރީގެ ސަރުކާރުން އޮތީ ބުނެފަ އެވެ.
އެކަމަކު، ފްލެޓުތަކާ ގުޅިގެން އޭސީސީ އަށް ހުށަހެޅި ޝަކުވާތަކާ ހެދި ކުރި ދެ މަސް ދުވަހުގެ ތަހުގީގުން އެނގޭ ގޮތުގައި ފްލެޓް ލިބޭ ކަމަށް އާންމުކުރި ދާއިމީ ލިސްޓުގައިވާ 4،000 މީހުންގެ ތެރޭގައި ހިމެނޭ 60 ޕަސެންޓް މީހުންނަކީ މަކަރާއި އޮޅުވައިލުމުގެ ތެރެއިން ފްލެޓް ކަށަވަރުކުރި މީހުންނެވެ. އެއީ ހައްގުވެރިންނެއް ނޫން ކަމަށް އޭސީސީން ބުނެފައި ވެ އެވެ.
އެހެންވެ، އޭރު އޭސީސީން ހައުސިން މިނިސްޓްރީ އަށް އެންގީ ފްލެޓް ލިސްޓު އަލުން މުރާޖައާ ކުރާށެވެ.

8 Comments
ގުޅުންހުރި
ރަށްރަށުގެ ހައުސިން ޔުނިޓްތަކުގެ ޑައުންޕޭމަންޓް 10،000ރ. އަށް ކުޑަކުރާނަން: ރައީސް
ދިއްގަރު ފުލެޓް މަޝްރޫއުގެ ބިންގާ އެޅިތާ ދޮޅު އަހަރު، ރައީސް ވިދާޅުވީ
ނޮޅިވަރަންފަރުގެ ހައުސިން ޔުނިޓް އެއްބަސްވުމުގައި ސޮއިނުކުރާ ފަރާތްތަކަށް އަންނަ ހަފުތާގައި ފުރުސަތުދެނީ
އަމާން އުދަރެސް ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރުން މި ހަފްތާގައި ފަށަނީ
ގެދޮރުވެރިޔާ ފްލެޓްތަކަށް މި ހަފުތާގައި މީހުން ވައްދަން ފަށަނީ
ގެދޮރުވެރިޔާ ފްލެޓު އެއްބަސްވުމުގައި 1،826 މީހުން ސޮއިކޮށްފި