ދަރުމަންތަ ހޮސްޕިޓަލާ ދިމާ ބޭރުން މޫދުގައި އަނިޔާވެފައި އޮތް މީހަކު ފެނިއްޖެ އެވެ.
ފުލުހުން މިއަދު ބުނީ އަނިޔާވެފައިއޮތް އެ މީހާއަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށެވެ.
އަނިޔާތަކަކާއެކު މޫދުން ފެނިފައިވަނީ ދިވެއްސެއް ކަމަށް ފުލުހުން ބުންޏެވެ.
އެ މީހާއަށް ލިބިފައިވާ އަނިޔާގެ ތަފުސީލުތަކެއް ފުލުހުން ހިއްސާއެއް ނުކުރެ އެވެ.
އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.



