ސިނަމާލެ ބުރިޖާ ގުޅިފައިވާ ހައިވޭގައި ބާރު ސްޕީޑުގައި ގަވާއިދާ ހިލާފަށް އޯވާ ޓޭކް ކުރި ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓަކާ ގުޅިގެން ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނި ގޮތުގައި އިއްޔެ މެންދުރުފަހު 2:43 ހާއިރު ހިނގި އެ އެކްސިޑެންޓުގައި ބާރު ސްޕީޑުގައި ދުއްވާފައި އައި ސައިކަލުގައި ތިބި ދެ މީހުންނަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. އެއީ އަންހެނަކާއި ފިރިހެނެއް ކަމަށާއި އެތަނުން އަންހެން މީހާއަށް ހޮސްޕިޓަލުގައި އަދިވެސް ފަރުވާދެމުން އަންނައިރު، ފިރިހެން މީހާ ފަރުވާއަށްފަހު ދޫކޮށްލާފައިވާ ކަމަށް ބުންޏެވެ.
އެ އެކްސިޑެންޓާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ބ. އޭދަފުށި/ ފަސްމީރުގެ، ޝުނާން މުހައްމަދު، 22އ އެވެ.
ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައި ވަނީ އެކްސިޑެންޓްވުމުންވެސް މަޑުނުކޮށް ދިއުމުން ކަމަށެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް މިއަދު ހާޒިރު ކުރުމުން ބަންދަށް ފަސް ދުވަސް ޖަހާފައިވާ ކަމަށްވެސް ބުންޏެވެ.

ގުޅުންހުރި
ޓިކްޓިކޮ ޔާޔާ އުމުރު ދުވަހަށް ޖަލަށްލާން ހުކުމްކޮށްފި
އެމެރިކާގައި ފެންބޮޑުވުމުން ރައީސް މުއިއްޒު ޓްރަމްޕަށް ހަމްދަރުދީ ފޮނުއްވައިފި
ކުދިންނަށް ބުލީކުރުމަށް ހިންގާ ޕޭޖުތަކެއް ފުލުހުން ބްލޮކްކޮށްފި
ކައުންސިލުތަކުގެ އާ އިމާރާތް ހަދަން ހަވާލުކުރިތާ ހަ މަސްތެރޭ އެއްބަސްވުން ބާތިލުކޮށްފި
މާފަރުގެ އިހުތިސޯސުން ފަރުމުލި ވަކިކޮށް، ޓޫރިޒަމަށް ހުޅުވާލައިފި
އެންސްޕާގެ ހަރަދުގައި ތައިލެންޑުން ފަރުވާ ހޯދަން 33 މީހަކަށް އެހީ ދީފި