ކެންސަރަށް ފަރުވާ ހޯދަމުންދާ މީހަކަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ދިން އެހީއާމެދު ހިތްހަމަނުޖެހުން ފާޅުކުރި މީހަކަށް ދިން އެހީގެ ތަފުސީލު އާންމުކުރުމަށްފަހު އެކަމަށް އެ އެޖެންސީން މައާފަށް އެދިއްޖެ އެވެ.
އެ ތަފުސީލުތައް އެންސްޕާ އިން އާންމުކުރީ ފަރުވާ ހޯދަމުންދާ މީހަކަށް އެ އެޖެންސީން އެހީ ހަމަޖައްސައި ނުދިން ކަމަށް ބުނެ އެކްސްގައި ކޮށްފައިވާ ޕޯސްޓަކާ ގުޅިގެން ދެކެވެމުންދާ ވާހަކަތަކާ ގުޅިގެންނެވެ.
އެގޮތުން އެ މީހަކަށް، މިދިޔަ އަހަރުން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް ޖުމުލަ ނުވަ ފަހަރަކު އެންސްޕާއިން އެހީ ފޯރުކޮށްދީފައިވާ ކަމާއި އެއިން ކޮންމެ ފަހަރަކު އެހީގެ ގޮތުގައި ދީފައިވާ ފައިސާގެ އަދަދު ވެސް އެންސްޕާ އިން އާންމުކުރި އެވެ.
ނަމަވެސް އެންސްޕާ އިން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެ ތަފުސީލުތައް ހާމަކުރީ އެ އެޖެންސީން އެހީ ނުދިން ކަމަށް ބުނެ، ސޯޝަލް މީޑިއާގައި ދޮގު މައުލޫމާތު ފަތުރާ އެ އެޖެންސީން ބަދުނާމުވާ ގޮތަށް ފަތުރަމުންދިޔަ ވާހަކަތަކާ ގުޅިގެން ކަމަށެވެ.
އެ ތަފުސީލުތަކުގައި ބަލިމީހާގެ އެއްވެސް އައިޑެންޓިޓީއެއް ބަޔާންކޮށްފައި ނެތް ނަމަވެސް އެ ތަފުސީލުގައި ބަލި މީހާއަށް އެ އެޖެންސީން ދީފައިވާ އެހީގެ މައުލޫމާތު ހިމެނިފައިވާތީ އެއީ އެންމެ ރަނގަޅު ގޮތް ކަމުގައި ނުވާތީ އެކަމަށް މައާފަށް އެދޭ ކަމަށް އެންސްޕާ އިން ބުންޏެވެ.




6 Comments
ގުޅުންހުރި
ކައުންސިލް އިންތިޚާބު އޮބްޒާވުކުރަން ބޭނުންވާ ބޭރުގެ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލައިފި
ދައުރު ނިމުމުގެ ކުރިން ގޯއްޗާއި ފުލެޓުތަކަށް ވަދެވޭނެ: މުއްތަލިބު
ބަންޑުން ޖަހާލި ދޯނިން ގެއްލުނު ދިވެހި މީހާ މަރުވެފައި އޮއްވައި ފެނިއްޖެ
ގޯއްޗާއި ފުލެޓަށް ކުރިމަތިލާން ހުޅުވާލައިފި
ވާދޫ ކައިރިއަށް ދޯންޏެއް ބަންޑުން ޖަހާލައި، ދެ މީހަކު ގެއްލިއްޖެ
ރިސޯޓެއްގެ ޑަސްބިނުން ފެނުނު ކުއްޖާގެ ޖަނާޒާ ބާއްވައިފި