ހިޔާފްލެޓުތަކުގައި އިތުރު ލިފްޓު ހަރުކުރުމަށް މިހާތަނަށް 18 މިލިއަން ޑޮލަރު (278 މިލިއަން ރުފިޔާ) ހަރަދުކޮށްފައިވާ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ހިޔާ ފުލެޓުތަކުގައި އިތުރު ލިފްޓެއް ހަރުކޮށްދިނުމަށް ރިޔާސީ އިންތިހާބުގައި ވައުދުވެވަޑައިގެންފަ އެވެ. އެ ވައުދުފުޅާ އެއްގޮތަށް، ހިޔާ ފްލެޓްތަކުގައި 32 ލިފްޓް ހަރުކުރުމަށް ހަވާލުކޮށްފައި ވަނީ ޗައިނާ ޝެންޔަންގް ޔުއާންޑް އިންޓެލެކްޗުއަލް ގުރޫޕާ އެވެ.
ހިޔާ ފްލެޓުތަކުގައި އިތުރު ލިފްޓު ހަރުކުރުމަށް މި އަހަރަށް ލަފާކޮށް ފާސްކުރި ދައުލަތުގެ ބަޖެޓުގައި ހިމަނފައި ވަނީ 200 މިލިއަން ރުފިޔާ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި އެމްޑީޕީ މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވިދާޅުވީ ހިޔާގެ 16 ޓަވަރުގައި ހަރުކުރުމަށް 32 ލިފްޓު ގަތުމަށް 18 މިލިއަން ޑޮލަރު ހަރަދުވެފައިވާ ކަމަށެވެ.
ލިފްޓުތައް ހަރުކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، އެ މަސައްކަތަށް މުޅި ޖުމްލަ ހޭދަވާނެ އަދަދު ފަޒުލް ވިދާޅެއްނުވެ އެވެ.
ރައީސްގެ ވައުދުފުޅާ އެއްގޮތަށް ހަރުކުރާ ލިފްޓްތަކުގެ ތެރޭން އެއް ލިފްޓަކީ ބަލިމީހުން އަރުވައި ބޭލޭ ގޮތަށް ސްޓްރެކްޗާ އެރުވޭ ވަރުގެ ބޮޑު ލިފްޓެކެވެ. އަދި އަނެއް ލިފްޓަކީ އެއްފަހަރާ 14 މީހުންނަށް އެރޭވަރުގެ ބޮޑު ލިފްޓެކެވެ.




1 Comment
ގުޅުންހުރި
ހުޅުމާލޭ ރައްޔިތުންގެ ރައްކާތެރިކަމަށް އެޗްޑީސީން ވަކި ސެކިއުރިޓީ ހިދުމަތެއް
ބޭރު ފައިސާއިން ސާވިސް ޗާޖު ދޭންޖެހޭ ގޮތް ހަދަން އިސްލާހެއް ހުށަހަޅަނީ
އެޗްޑީސީގެ ލިޔުންތަކެއް ނައްތާލި ކަމަށް ބުނާ މައްސަލަ: ހެއްކެއް ނުހޯދުނު، ފަޒުލްގެ
ހުޅުމާލޭގައި 1964 ވެހިކަލް ޕާކު ކުރެވޭނެ ޖާގަތަކެއް ކަނޑައަޅައިފި
ރާއްޖެއަށް ޑްރަގް އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭ ބިލު ތަސްދީގު
ހިޔާ ފުލެޓުގެ އަގަށް ގެނައި ބަދަލުތައް ޕޯޓަލުން ފެންނަ ގޮތް ހަދައިފި