މާލޭ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައި އޮންނަ ކާނިވަލް ސަރަހައްދުގައި ހަދާފައި ހުރި ސްޓޭޖް ތަޅާލުމަށްފަހު އާ ސްޓޭޖެއް ހަދައިދޭނެ ބަޔަކު ހޯދަން އެ ކައުންސިލުން އިއުލާންކޮށްފި އެވެ.
ކާނިވަލް ސަރަހައްދުގެ ސްޓޭޖަކީ މިހާރު ވަރަށް ބޮޑަށް ހަލާކުވެފައިވާ ތަނެކެވެ. އެހެންވެ އެ ތަން މަރާމާތުކޮށް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމާއި ގުޅޭ ގޮތުން މާލޭގެ މޭޔަރު އާދަމް އާޒިމް ވަނީ މި އަހަރުގެ މެއި މަހުގެ ތެރޭގައި ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރައްވައިފަ އެވެ.
ސިޓީ ކައުންސިލުން އިއްޔެ ކުރި އިއުލާނުގައި ބުނެފައިވާ ގޮތުން އެ ކައުންސިލުން ހޯދަނީ ކާނިވާ ސްޓޭޖު ތަޅާލުމަށްފަހު އަމިއްލަ ތަކެތީގައި އާ ސްޓޭޖެއް ހަދައިދޭނެ ބައެކެވެ. އެ މަސައްކަތުގެ ތަފުސީލު:
- ސްޓޭޖު ތަޅާލައި ކުނިތައް އުކާލުން
- އާ ސްޓޭޖުގެ ސްޓްރަކްޗާ ހެދުމާއި އެކަމަށް ބޭނުންވާ ކޮންސެޕްޓާއި އިންޖިނިއަރިން އާއި ކުރެހުންތައް ތައްޔާރުކޮށް ހުއްދަ ހޯދުން
- އާ ސްޓޭޖުގެ ހުރިހާ ފިނިޝިން މަސައްކަތް ކުރުން
- އާ ސްޓޭޖުގެ ކަރަންޓާއި ފެނުގެ މަސައްކަތް ކުރުން
އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުން ބާއްވަން ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހު އެވެ. އަދި އަގު ހުށަހަޅަން ޖެހެނީ މި މަހުގެ 16 ވަނަ ދުވަހު އެވެ.
މާލެ ސިޓީ ކައުންސިލުގެ އިއުލާނުގައި ބުނެފައިވާ ގޮތުން އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ދިވެހި ކުންފުންޏަކަށް އަދި ޕާޓްނާޝިޕް ނުވަތަ އަމިއްލަ ވިޔަފާރިތަކަށެވެ. އަދި އެ ކުންފުންޏަކީ އެ މަސައްކަތަށް ބޭނުންވާނެ ވަސީލަތްތައް ނުވަތަ އިކުއިޕްމަންޓް އޮޕަރެޓް ކުރާ ކުންފުންޏަކަށް ވާންވާނެ ކަމަށް ބުނެފައިވެއެވެ.




36 Comments
ގުޅުންހުރި
ދިއްދޫ ބިން ހިއްކުން: 5 ދުވަސް ތެރޭ 21 ހެކްޓަރު ހިއްކައިފި
ޑްރަގު އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި އިކޮނޮމިކް މިނިސްޓްރީގެ އެސްޕީޑީއެއް!
ޝަމާހުގެ މައްސަލައެއް އޭސީސީން ބަލަނީ
ކަނޑުއޮތްގިރިން ބޮޑު ކަންނެލި ގަންނަން ފަށައިފި
ރައްޔިތުން ނުކުތީ ދިރިއުޅުމުގެ އަގު އިންތިހާއަށް ދިއުމުން، ތިބެންވާނީ އެ މީހުންނާއެކު:
މަގާމަށް އައްޔަން ކުރިތާ 4 މަސް، ސްޓެލްކޯގެ އެމްޑީ ޝަމާހު ވަކިކޮށްފި