ފެބްރުއަރީ 19, 2025

1.88 މިލިއަން ޓޫރިސްޓުންނާއެކު މިދިޔަ އަހަރުގެ ރެކޯޑް މުގުރާލައި އާ ރެކޯޑެއް!

މި އަހަރު 1.88 މިލިއަން ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށް، މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ ރެކޯޑް މުގުރާލައި، އާ ރެކޯޑެއް ހަދައިފި އެވެ.

އިމިގްރޭޝަނުން އާންމުކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަދުގެ ނިޔަލަށް 1.88 މިލިއަން ޓޫރިސްޓުން ވަނީ ރާއްޖެއަށް އައިސްފަ އެވެ. މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ޖުމުލަ އަދަދަކީ 1.87 މިލިއަން ޓޫރިސްޓުންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެގެ ނިޔަލަށް ރާއްޖެ އައި ޓޫރިސްޓުންގެ ޖުމުލަ އަދަދަކީ މިދިޔަ އަހަރާ އަޅާބަލާއިރު  8.7 ޕަސެންޓް އިތުރު އަދަދެކެވެ. އެގޮތުން މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 1.7 މިލިއަން ޓޫރިސްޓުންނެވެ.

ޓޫރިޒަމް މިނިސްޓްރީން މި އަހަރަށް ކަނޑައެޅި އަމާޒަކީ ދެ މިލިއަން ޓޫރިސްޓުން ރާއްޖެ ގެނައުމެވެ.

1 Comment

  • Mohamed Sahaadh ޑިސެމްބަރ 8, 2024

    Baeh mdp kudin eba share kurey mdp noosthah tourism dasah diyaee ey kiyaagen. Gest in naade ey raajje bagroot vanee ey.. e ee kurin ves tourism boycott kuran govi groop hama 😆😝😝

Leave a Reply