އެކްޓަރު އަދި ލަވަކިޔުންތެރިޔާ ސެލީނާ ގޮމޭޒް އާއި އޭނާގެ ބައިވެރިޔާ ބެނީ ބްލެންކޯ އެންގޭޖްވެއްޖެ އެވެ.
އުމުރުން 32 އަހަރުގެ ސެލީނާ އެކަން އިއުލާން ކުރީ އޭނާގެ އިންސްޓަގުރަމްގެ 423 މިލިއަން ފޮލޯވަރުންނަށް ދޫކޮށްލި ހަތަރުގަނޑު ފޮޓޯއިންނެވެ.
”މިއަދުން ފެށިގެން މުޅި އުމުރަށް“ މިހެން އިނގިރޭސިން ޖަހާފައި ސެލީނާ ފޭނުންނަށް ދޫކޮށްލި ފޮޓޯތަކުގެ ތެރޭގައި އޭނާގެ އެންގޭޖްމަންޓް އަނގޮޓި އާއި ދެ މީހުން އެކުގައި ނަގާފައިވާ ފޮޓޯއެއްވެސް ހިމެނެ އެވެ.
އެ ޕޯސްޓަށް ގާތްގަނޑަކަށް 14 މިލިއަން ލައިކްސް ލިބިފައިވާއިރު، ސެލެބްރިޓީ ރައްޓެހިންގެ ތެރޭގައި ހިމެނޭ ޖެނިފާ އެނިސްޓަން އަދި ނިވިތު ޕާލްޓްރޯ ވަނީ ސެލީނާއަށް މަރުހަބާ ކިޔައިފަ އެވެ. އަދި ޓޭލާ ސްވިފްޓް ވަނީ ފްލަވާ ގާލް އަކަށް ވާނެ ކަމަށް ބުނެފަ އެވެ.
https://www.instagram.com/p/DDdvcjbxoi1/?img_index=1
ސެލީނާ އާއި ބެނީގެ ގުޅުން ފެށިފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ. ނަމަވެސް ދެ މީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ހާމަކުރީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.
ސެލޯނާ އާއި ބެނީ އެންގޭޖްވެއްޖެ ކަމުގެ އަޑުތަކެއް މިދިޔަ އޮގަސްޓު މަހުގެ ތެރޭގައިވެސް ފެތުރުނެވެ. އެ ފަހަރު އެ ވާހަކަތައް ފެތުރުނީ ސެލީނާ އިންސްޓަގްރާމަށް ލި ފޮޓޯއެއްގައި އޭނާގެ ވައަތުގެ މަތީގައި ހިތުގެ އިމޯޖީ ލައި އެ އަތް ފޮރުވާފައި ހުރުމުންނެވެ.
ބެނީ ބްލަންކޯއަކީ އުމުރުން 36 އަހަރުގެ ރިކޯޑް ޕްރޮޑިއުސަރު، ސޯންގް ރައިޓާ އަދި ރިކޯޑް އެގްޒެކެޓިވްއެކެވެ. އޭނާ ލިޔެ މިއުޒިކް ހަދާފައިވާ އެތައް ލަވައެއް ވަނީ މަޝްހޫރުވެފަ އެވެ.




ގުޅުންހުރި
އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހްތިސާސަށް ބަދަލު ގެނެސްފި
މަގުތަކުގައި ނަންބޯޑު ޖެހުމަށް 25 މިލިއަން ރުފިޔާއަށް ހަވާލުކުރި ކަމަށް ދެކެވޭ
މާވިން އިސްލާމްވެއްޖެ، އޭނާގެ އާ ނަމަކަށް ޔޫސުފް
ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އޭޕްރީލްގެ ނިޔަލަށް އިތުރުކޮށްފި
ރައީސް، މެދުހެންވޭރު ”ދޮރުންދޮރަށް“ ހަރަކާތަށް
ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންނަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭ ގޮތަށް