މި އަހަރަށް ފާސްކުރި ބަޖެޓުގައި ވެހިކަލް ގަތުމަށް ޖެހި އަދަދަށްވުރެ ފަސް ގުނަ އިތުރަށް ހަރަދު ކޮށްފައިވާކަން ފިނޭންސް މިނިސްޓްރީގެ މާލީ ހިސާބުތަކުން ހާމަވެއްޖެ އެވެ.
މި އަހަރަށް ފާސްކުރި ބަޖެޓުގައި 49.8 ބިލިއަން ރުފިޔާގެ ބަޖެޓުގައި ވެހިކަލް ގަތުމަށް ޖަހާފައި އޮތީ 54.2 މިލިއަން ރުފިޔާ އެވެ.
ފިނޭންސް މިނިސްޓްރީން ކޮންމެ ހަފްތާއަކު އާންމުކުރާ ތަފާސްހިސާބުތައް ދައްކާ ގޮތުން، މި މަހުގެ ފަސް ވަނަ ދުވަހާ ހަމައަށް ވެހިކަލް ގަތުމަށް 267.3 މިލިއަން ރުފިޔާ ހަރަދުކޮށްފި އެވެ.
އެއީ ބަޖެޓުގައި ޖަހާފައިވާ އަދަދަށްވުރެ ފަސް ގުނަ އިތުރު އަދަދެކެވެ. ނަމަވެސް ވެހިކަލް ގަނެފައިވަނީ ކޮން ތަނަކަށް ކަމެއް އެ ތަފާސް ހިސާބުތަކަކުން ނޭނގެ އެވެ.
މިދިޔަ އަހަރުގެ މިހާތަނަށް ވެހިކަލް ގަތުމަށް ހަރަދުކުރީ 50 މިލިއަން ރުފިޔާ އެވެ.

3 Comments
ގުޅުންހުރި
ދެ ކޮންޓެއިނަރު ސިނގިރޭޓު ”ގެއްލުން“: ލޮޓަސްގެ ވެރިޔާ އާއްޓޭ އާއި އެޕޯލޯގެ
ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް އަމާޒުވެފައި ވަނިކޮށް އޭސީޕީ ދާއޫދު ޗުއްޓީއަށް
އެމްޕީއެލްގެ އިންޓާންޝިޕް ޕްރޮގުރާމަށް ހުޅުވާލައިފި
އަހަރަކު 400 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ބުނި ބަންކަރިން އިން
ބިލެތްފަހި އެއާޕޯޓް: މިދިޔަ އަހަރު ހަވާލުކުރީ އެމްޓީސީސީއާ, މިއަހަރު ހަވާލުކުރީ އެމްއޭސީއެލްއާ
ރިފްއަތު ވެސް އޭސީސީއަށް ހާޒިރުވާން އަންގައިފި