ލެޓްސް ކޮފީ މޯލްޑިވްސްއަށް ވަދެ މުވައްޒަފުންނަށް ބިރުދެއްކި ދެ މީހުން ހައްޔަރުކޮށްފިއެވެ.
ލެޓްސް ކޮފީ މޯލްޑިވްސްއަށް ގެއްލުންދިން މައްސަލަ ފެންމަތިކޮށްފައި ވަނީ މީގެ ދުވަސްތަކެއް ކުރިން ސޯޝަލް މީޑިއާގައެވެ.
ފުލުހުން މިއަދު ބުނީ، ޑިސެމްބަރު 12 ވަނަ ދުވަހު ހަވީރީ ހިނގުމުގައި ހުންނަ އެތަނަށް ބަޔަކު ވަދެ ތޫނު ހަތިޔާރު ބޭނުންކޮށްގެން އެތަނުގެ މުވައްޒަފުންނަށް ބިރުދައްކައި، މުދަލަށް ގެއްލުން ދީފައިވާ މައްްސަލައާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ގއ. ދެއްވަދޫ، ވައިލެޓްމާގެ، އަހުމަދު ތައުފީގު އަދި ބ. ތުޅާދޫ، މީޒާން، އަސަދުﷲ ހާތިމެވެ.
އެ ދެ މީހުން ހައްޔަރުކޮށްފައި ވަނީ ޑިސެމްބަރު 16 ވަނަ ދުވަހެވެ.
އެ މީހުންގެ ބަންދަށް ކޯޓުން ފަސް ދުވަސް ޖަހައިދީފައިވާ ކަމަށާއި މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.




ގުޅުންހުރި
15,000 ރުފިޔާ ދޭނަމޭ ބުނުމުން ހަވާލުވި ލަގެޖުގައި ޑުރަގް!
ސިނގިރޭޓް ވައްކަން: ކޮންޓޭނަރުތައް ވަގަށް ނެގުމަށްފަހު އެއާ އެއްގޮތަށް ހަދާފައިވާ ދެ
ހަވަނަ ބުރީގެ ސިޑިގޮޅިން މީހަކު ވެއްޓި މަރުވެއްޖެ
ޑޮލަރު ސޫޓް ކޭސް ފޭރިގެން މައްސަލަ: ހައްޔަރުކުރި 4 މީހުންގެ ފޮޓޯ
281 ބަނގުރާ ފުޅި އާއެކު ބަނގުރާ ވިއްކާ ބޮޑުންތަކެއް ހައްޔަރުކޮށްފި
އައްޑޫ ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނީ ދެމަފިރިން!