ދެކުނު އޭޝިއާގެ ވިޔަފާރި ކުންފުނިތަކަށް ހާއްސަކޮށްގެން ދޭ، ސައުތް އޭޝިއަން ބިޒްނަސް އެކްސެލަންސް އެވޯޑްސް 2024ގެ ޝަރަފުވެރި ދެ އެވޯޑެއް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް ލިބިއްޖެ އެވެ.
އިންޑިއާގެ ނިއު ދެއްލީގައި މިދިޔަ ހުކުރު ދުވަހު ބޭއްވި އެވޯޑު ހަފުލާގައި އެމްޕީއެލްއަށް ލިބުނީ ’އިނޮވޭޓިވް ލާނިން އެންޑް އޯގަނައިޒޭޝަނަލް ޑިވެލޮޕްމަންޓް ޕްރެކްޓިސް‘ އެވޯޑާއި ’އިނޮވޭޓިވް ބިޒްނަސް ޓްރާންސްފޮމޭޝަން‘ އެވޯޑެވެ.
އެމްޕީއެލްއަށް މުޅިން އަލަށް ލިބުނު ’އިނޮވޭޓިވް ބިޒްނަސް ޓްރާންސްފޮމޭޝަން‘ އެވޯޑަކީ ސައުތް އޭޝިއަން ބިޒްނަސް އެކްސެލަންސް އެވޯޑްސްގެ ސްޕެޝަލް ކެޓަގަރީގައި ހިމެނޭ އެވޯޑެކެވެ.
އެމްޕީއެލް އިން ބުނީ، އެ ކުންފުންޏަށް ’އިނޮވޭޓިވް ލާނިން އެންޑް އޯގަނައިޒޭޝަނަލް ޑިވެލޮޕްމަންޓް ޕްރެކްޓިސް‘ އެވޯޑް ލިބުނީ މުވައްޒަފުންނަށް ތައުލީމާއި ތަމްރީނުތައް ދިނުމަށް އެ ކުންފުނީގެ ލާނިން އެންޑް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓް މެދުވެރިކޮށް ކޮންމެ އަހަރަކުވެސް ގިނަ ކޯށްތަކާއި ތަމްރީނުތައް ހިންގުމާއި އެޕްރެންޓިސް ޕްރޮގްރާމްތަކާއި އިންޓާންޝިޕް ޕްރޮގްރާމްތައް ހިންގާތީ އެކަމާ ގުޅިގެން ކަމަށެވެ.
އޭގެ އިތުރުން އެމްޕީއެލް އިން ވަނީ މި އަހަރުގެ ކުރީކޮޅު މޯލްޑިވްސް މެރިޓައިލް ކޮންފަރެންސެއްވެސް ބާއްވައިފަ އެވެ. އެއީ މެރިޓައިމް ދާއިރާގެ ބައިނަލްއަގުވާމީ ކޮންފަރެންސެއް ރާއްޖޭގައި ބޭއްވި ފުރަތަމަ ފަހަރެވެ. އަދި ޔޫއެން ޓްރޭޑް އެންޑް ޑިވެލޮޕްމަންޓާ ގުޅިގެން އެމްޕީއެލް އިން ވަނީ މޮޑާން ޕޯޓް މެނޭޖްމަންޓް ކޯހެއްވެސް މި އަހަރުގެ ތެރޭގައި ފަށައިފަ އެވެ.
އެމްޕީއެލް އިން ބުނީ، އެ ކުންފުންޏަށް ’އިނޮވޭޓިވް ބިޒްނަސް ޓްރާންސްފޮމޭޝަން‘ ގެ އެވޯޑް ލިބުނީ ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ވިޔަފާރި ފުޅާކުރުމާއި އާމްދަނީ އިތުރުކުރުމަށް އެ ކުންފުނިން ކޮށްފައިވާ މަސައްކަތްތައް ފާހަގަކުރުމަށްފަހު ކަމަށެވެ.
އެގޮތުން ރާއްޖޭގައި މުޅިން އާ ދާއިރާއެއްގެ ގޮތުގައި ސީ-ޓު-އެއާ ކާގޯގެ ހިދުމަތް ފެށުމާއި އުތުރު މެރިޓައިމް ސާވިސަސްގެ ހިދުމަތް ތައާރަފުކުރުން ހިމެނޭ ކަމަށް ބުންޏެވެ.
މި އަހަރުގެ ސައުތް އޭޝިއަން ބިޒްނަސް އެކްސެލަންސް އެވޯޑްސްގައި 17 ދާއިރާއަކުން އެވޯޑް ދީފައިވެ އެވެ.




ގުޅުންހުރި
މަޖިލީހުގެ އާ ދައުރަށް ބަޖެޓު ފާސްކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަނީ
ދެ އިންތިހާބު އެކުގައި ބާއްވަން އެމްޑީޕީން މިހާރު ބޭނުންނުވަނީ އިންތިހާބަށް ކަޑަ
އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހްތިސާސަށް ބަދަލު ގެނެސްފި
މަގުތަކުގައި ނަންބޯޑު ޖެހުމަށް 25 މިލިއަން ރުފިޔާއަށް ހަވާލުކުރި ކަމަށް ދެކެވޭ
މާވިން އިސްލާމްވެއްޖެ، އޭނާގެ އާ ނަމަކަށް ޔޫސުފް
ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އޭޕްރީލްގެ ނިޔަލަށް އިތުރުކޮށްފި