އަލްބޭނިއާގައި އުމުރުން 14 އަހަރުގެ ސްކޫލް ކުއްޖެއްގެ ގަޔަށް ވަޅި ހަރައި މަރާލި ހާދިސާއަކާ ގުޅިގެން އެ ގައުމުގައި ޓިކްޓޮކް މަނާކުރަން ނިންމައިފި އެވެ.
އަލްބޭނިއާގެ ސަރުކާރުން އެގޮތަށް ނިންމާފައި މިވަނީ މީގެ މަހެއްހާ ދުވަސް ކުރިން އެ ގައުމުގެ ވެރިރަށް ޓިރާނާގެ ހުޅަނގުގައި ހުންނަ ސްކޫލެއްގެ ކައިރީގައި ހިނގި ތަޅާފޮޅުމެއްގެ ތެރެއިން އެއް ކުއްޖަކު މަރުވެ، އިތުރު ކުއްޖަކު އަނިޔާވި ހާދިސާއާ ގުޅިގެންނެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އެ ތަޅާފޮޅުން ފެށުނީ ސޯޝަލް މީޑިއާގައި ހިނގި ދެބަސްވުމެއްގެ ތެރެއިންނެވެ.
ކުއްޖާގެ މަރާ ގުޅިގެން އަލްބޭނިއާގެ ބެލެނިވެރިންނާއި ސައިކޮލޮޖިސްޓުންނާއި ތައުލީމީ އިދާރާތަކުން ވަނީ ސޯޝަލް މީޑިއާގެ ސަބަބުން ޅަފުރައިގެ ކުދިންނާއި ޒުވާނުންނަށް ކުރަމުން އަންނަ ނޭދެވޭ އަސަރުތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަން ފަށައިފަ އެވެ.
އަލްބޭނިއާގެ ބޮޑުވަޒީރު އެދީ ރަމާ މިދިޔަ ހޮނިހިރު ދުވަހު ވަނީ އަންނަ ޖަނަވަރީން ފެށިގެން އެއް އަހަރު ދުވަހަށް އަލްބޭނިއާގައި ޓިކްޓޮކް މަނާކުރައްވާނެކަން އިއުލާން ކުރައްވައިފަ އެވެ.
އެ ނިންމުމާއި ގުޅިގެން ޓިކްޓޮކުން ވަނީ އަލްބޭނިއާގެ ސަރުކާރުން އެކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދަމުންދާ ކަމަށެވެ. އެގޮތުން ސްކޫލް ކުއްޖާގެ ގަޔަށް ވަޅި ހެރި މީހާ އާއި މަރުވި ކުއްޖާވެސް ޓިކްޓޮކް އެކައުންޓެއް ނުގެންގުޅޭ ކަމަށް ބުންޏެވެ.
އަލްބޭނިއާގައި ޓިކްޓޮކް މަނާކުރަން ނިންމި އިރު، 2020 އަހަރުގެ ޖޫން މަހު އިންޑިއާ އިންވެސް ވަނީ އެ ގައުމުގައި ޓިކްޓޮކް މަނާކޮށްފަ އެވެ. އިރާން، ނޭޕާލް، އަފްގާނިސްތާން އަދި ސޯމާލިއާގައިވެސް ޓިކްޓޮކް ބޭނުންކުރުމަކީ މަނާ ކަމެކެވެ.




4 Comments
ގުޅުންހުރި
އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހްތިސާސަށް ބަދަލު ގެނެސްފި
މަގުތަކުގައި ނަންބޯޑު ޖެހުމަށް 25 މިލިއަން ރުފިޔާއަށް ހަވާލުކުރި ކަމަށް ދެކެވޭ
މާވިން އިސްލާމްވެއްޖެ، އޭނާގެ އާ ނަމަކަށް ޔޫސުފް
ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އޭޕްރީލްގެ ނިޔަލަށް އިތުރުކޮށްފި
ރައީސް، މެދުހެންވޭރު ”ދޮރުންދޮރަށް“ ހަރަކާތަށް
ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންނަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭ ގޮތަށް