ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހަމީދުގެ މަސްލަހަތު އޮންނަ ކުންފުންޏެއް ކަމަށްވާ ނޯތު ކޯސްޓް ކޮންސްޓްރަކްޝަނަށް ހަވާލުކުރި މަޝްރޫއުއަކަށް 44 މިލިއަން ރުފިޔާ ދޫކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގު އަވަސްކުރަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ފުލުހުންނަށް އަންގައިފި އެވެ.
އާސަންދަ ކުންފުންޏަށް ހަ ބުރީގެ ހޮސްޕިޓަލް އިމާރާތެއް ހެދުމަށް ނޯތު ކޯސްޓް ކޮންސްޓްރަކްޝަނާ ހަވާލުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ސެޕްޓެމްބަރު 2016 ގަ އެވެ. އެ ޕްރޮޖެކްޓުގެ އަގަކީ 61 މިލިއަން ރުފިޔާ އެވެ. އޭރު އަންދާޒާ ކުރި ގޮތުން ނަމަ، އެ ޕްރޮޖެކްޓުން ނޯތު ކޯސްޓް ކޮންސްޓްރަކްޝަނަށް ތިން ޕަސެންޓުގެ ޕްރޮފިޓް މާޖިންގެ ގޮތުގައި 18.3 މިލިއަން ރުފިޔާ ލިބޭނެ އެވެ.
އެ ޕްރޮޖެކްޓް ނިންމަން 15 މަސްދުވަހުގެ މުއްދަތެއް ދިން ނަަމަވެސް މަސައްކަތް ކުރިއަށް ނުގޮސް އޮއްވައި ޔާމީންގެ ސަރުކާރުގައި ޖޫން 2017 ގައި އެ ޕްރޮޖެކްޓް މަޑުޖައްސާލަން އެންގި އެވެ. އެއީ ބަޖެޓް މައްސަލަތަކަކާ ހުރެ އެވެ.
އެކަމާ ގުޅިގެން ނޯތު ކޯސްޓަށް ގެއްލުންވި ކަމަށް ބުނެ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެ ކުންފުންޏާއެކު ހެދި ސެޓްލްމަންޓް އެގްރިމެންޓެއްގެ ދަށުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލޭގައި ހަދާ 10 ބުރީގެ އިމާރާތެއް ހަދަން އެ ކުންފުންޏާ ހަވާލުކޮށް، 44 މިލިއަން ރުފިޔާ ދިނެވެ. އެއީ މިދިޔަ އަހަރުގެ ތެރޭގަ އެވެ.
އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ވެސް ބެލުމަށްފަހު ވަނީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފަ އެވެ.
ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ، އެ މައްސަލައަކީ ދިވެހި ދައުލަތާއި ރައްޔިތުންގެ އާންމު މަސްލަހަތު މަތީ ދަރަޖައަކަށް އޮތް ހައްސާސް މައްސަލައެއް ކަމަށް އެ އޮފީހަށް ފެންނާތީ، އެ މައްސަލައަށް އިތުރު ސަމާލުކަމެއް ދީ، މައްސަލައަށް ހާއްސަ ތަހުގީގު ޓީމެއް އެކުލަވާލައި، އަވަސް މައްސަލައެއްގެ ގޮތުގައި ކުރިއަށް ގެންދެވުމަށް މިއަދު ފުލުހުންނަށް އަންގާފައިވާ ކަމަށެވެ.
އަދި އެ މައްސަލައިގައި ހިމެނޭ ފަރާތްތަކާ ގުޅޭ އެ ބާވަތުގެ އިތުރު ޕްރޮޖެކްޓެއްވާނަމަ އެކަންކަންވެސް އެ މައްސަލައިގެ ތެރެއިން ތަހުގީގު ކުރުމަށް އަންގާފައިވާނެ ކަމަށްވެސް ބުންޏެވެ.
އެ މައްސަލައިގައި މާލިއްޔަތު ކޮމެޓީގައި އޭރު އަލީ ހަމީދު ވިދާޅުވީ އެ ކުންފުންޏަށް އެ މަޝްރޫއުގެ ބިން ހަވާލުކުރީ މިދިޔަ އަހަރުގެ އޮކްޓޫބަރު 16 ގައި ކަމަށާއި އެތަނުގެ ޕަވާ އޮފް އެޓާނީ ލިބުނީ ނޮވެމްބަރު މަހުގެ ތެރޭގައި ކަމަށެވެ. އަދި މަސައްކަތް ލަސްވީ ބިމާއި ފެނާ ގުޅޭ މައްސަލަތަކެއްގައި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.



2 Comments
ގުޅުންހުރި
އެމްޕީއެލްގެ މުވައްޒަފަކަށް ފިޓް ޖެހިގެން ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެ
އެސްޓީއޯ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސްގެ ރޯދަ ސޭލް ފަށައިފި
އަތޮޅުތަކުން މާލެއަށް 1530 ދަރިވަރުން ބަދަލުވެއްޖެ، ގިނައީ ހުޅުމާލެއަށް
އެފްޑީސީގެ ހުރިހާ ޓަވަރަކަށް ކަރަންޓު ގުޅައި ނިންމާލައިފި
ޓެކުހަށް މަކަރު ހެދި މައްސަލައިގައި ދެ ޑޮކްޓަރުންނަށް ދައުވާކޮށްފި
މިފްކޯއިން 10 ކިލޯއިން މަތީގެ ކަންނެލި ގަންނަން ފަށައިފި، ކިލޯއަކަށް 20