އިންޑިއާގެ ކުރީގެ ބޮޑުވަޒީރު މަންމޯހަން ސިންގް އަވަހާރަވެއްޖެ އެވެ. އަވަހާރަވި އިރު އުމުރުފުޅަކީ 92 އަހަރެވެ.
އިންޑިއާގެ ނޫސްތަކުން ރިޕޯޓް ކޮށްފައިވާ ގޮތުން ސިންގް އަވަހާރަވީމިއަދު ސިއްހީ ހާލުކޮޅު ކުއްލިއަކަށް ގޯސްވުމާ ގުޅިގެން ނިއު ދިއްލީގެ އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް (އެއިމްސް)ގެ އެމަޖެންސީ ޑިޕާޓްމަންޓުގައި އެޑްމިޓްކޮށް ފަރުވާ ދެމުން ދަނިކޮށެވެ.
ޑރ މަންމޯހަން ސިންގަކީ އިންޑިޔާގެ ތޭރަވަނަ ބޮޑުވަޒީރެވެ. އޭނާ ބޮޑުވަޒީރުކަން ކުރެއްވީ 2004ން 2014 އަށެވެ. އިންޑިޔާގެ ސިކުދީނުގެ ފުރަތަމަ ބޮޑުވަޒީރަކީވެސް ޑރ ސިންގެވެ. އަދި އިންޑިޔާގެ ފުރަތަމަ ބޮޑުވަޒީރު ޖަވާހަރްލާލް ނެހުރޫގެ ފަހުން ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރެއްވުމަށްފަހު ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންނެވި ފުރަތަމަ ބޭފުޅަކީވެސް ޑރ ސިންގެވެ.
އޭނާ ބޮޑަށް މަޝްހޫރީ އިގްތިސާދީ ދާއިރާގެ ތަޖުރިބާކާރެއްގެ ގޮތުގައެވެ. ރަޖީވް ގާނދީގެ ދައުރުގައި ޑރ ސިންގަކީ މާލީ ވަޒީރެވެ.




ގުޅުންހުރި
ނޭޝަނަލް އެންޓި ޑޯޕިން އެޖެންސީ އުފައްދައިފި
މޯލްޑިވްސް ޑިޖިޓަލް ސާވިސް އުފައްދައި އެންސީއައިޓީ އުވާލައިފި
ކައުންސިލު އިންތިހާބަށް ކުރިމަތިލުމަށް އަންނަ ހޮނިހިރު ދުވަހު ހުޅުވާލަނީ
ހިތަދޫގައި އުޅޭ ”އެސްކޭޕީ“ ގުރޫޕަކީ ގޭންގެއް ކަމަށް ކަނޑައަޅަން ހައިކޯޓަށް
ފާހަގަ ޖަހަންވީ ރަނގަޅު ނަމުގައި، ރަނގަޅު ނަމަކީ އާދަމް އާޒިމް: ވާވާ
އެއާޕޯޓުން ފައިސާތަކެއް ފޭރުން: ދެ މަސް ފަހުން 8 ވަނަ މީހަކު