ބްރިޖު ހައިވޭގައި މާލެ އިން ހުޅުމާލެއަށް ދަތުރުކުރާ ފަޅީގައި ތިން ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައިފި އެވެ.
ފުލުހުން މިއަދު ބުނީ މި އެކްސިޑެންޓް ހިނގީ ސައިކަލެއް އޯވަޓޭކް ކުރަން އުޅުމުގެ ތެރޭގައި ދެ ސައިކަލު ޖެހި އެކްސިޑެންޓްވެ، ފަހަތުން އައި އެހެން ސައިކަލެއް ޖެހިގެން ކަމަށް ފުލުހުން ބުންޏެވެ. އެ އެކްސިޑެންޓުގެ ރިޕޯޓް ލިބިފައިވަނީ ރޭ 12:11 އެހާކަންހާއިރު ކަމަށް ފުލުހުން ބުންޏެވެ.
އެ އެކްސިޑެންޓްގައި ފަސް މީހަކަށް އަނިޔާވެފައިވާ ކަމަށާއި އަނިޔާވި މީހުންގެ ތެރެއިން ހަތަރު މީހަކަށް ފަރުވާ ދިނުމަށްފަހު ރޭ ދޫކޮށްލާފައިވާއިރު އަނެއް މީހާއަށް ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށާއި އެ މީހާގެ ހާލު ސީރިއަސް ނޫން ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި އެކްސިޑެންޓްގައި ގަވާއިދާ ހިލާފަށް ދުއްވި ސައިކަލު ޓޯކޮށް، ފުލުހުން ދަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.

ގުޅުންހުރި
ޑްރަގު ނެޓްވޯކުން ފަސް އަހަރު ތެރޭ 64 މިލިއަން ރުފިޔާ ދައުރުކުރި،
ޔުމްނާ އާއެކު އުޅުނު ރައުދު އެއްބާރުލުމެއް ނުދޭ، ހައްޔަރުކުރަން އަމުރަކަށް އެދިއްޖެ
ޔުމްނާ ވެއްޓުމުގެ ކުރިން ދިޔަ ޕާޓީގައި އުޅުނު މީހުންގެ ފޮޓޯ އާންމުކޮށް،
ޔުމްނާ ވެއްޓުނު ހާދިސާ: ފުލުހުން ތަހުގީގު ހިންގަނީ ރަނގަޅަށްތޯ ބަލަނީ
މާލޭގެ ކެފޭއެއްގެ ތެރޭގައި ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީފި
މާންދީއާއި މާޒް ސަލީމް ބަރަހަނާކޮށް ފޮޓޯ ނަގަން އަމުރުކޮށްފި