ފުލުހުން ރޭ ހިންގި އޮޕަރޭޝަނެއްގެ ތެރެއިން މީހަކު ހައްޔަރުކުރާ މަންޒަރުގެ ފޮޓޯއެއް ނޫސްވެރިއަކު ނެގުމުން އެ ފޮޓޯ ފުލުހުން ޑިލިޓް ކުރުވި މައްސަލަ ބަލަން ފަށައިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިއަދު ބުނީ ފުލުހުންގެ އޮފިސަރަކު ފޮޓޯ ޑިލީޓު ކުރި ކަމުގެ ތުހުމަތެއްގެ ޝަކުވާ ލިބިފައިވާ ކަމަށެވެ.
”އެފަދަ ތުހުމަތެއްގެ ޝަކުވާއެއް ސަމާލުކަމަށް އައިސްފައިވާތީ އެކަން ހިނގާފައިވާ ގޮތެއް ބަލަމުން ދަނީ،“ ފުލުހުން ބުންޏެވެ.
ފުލުހުން ފޮޓޯ ޑިލިޓް ކުރަން އެންގީ ”އަސްލު ޓީވީ“ގެ ނޫސްވެރިޔާ ޝާމާ ޝުއައިބަށެވެ. އޭނާ ފޭސްބުކުގައިކުރި ޕޯސްޓެއްގައި ބުނެފައިވަނީ ބުނީ ރޭ 8:26 ހާއިރު މާލޭގެ މަގުމަތީގައި މީހަކު ހައްޔަރު ކޮށްގެން އުޅޭތީ އެ ތަނުގެ ފޮޓޯ ނަގަން ދިޔައީ ޕްރެސް ކާޑު ވެސް ހިފައިގެން ކަމަށެވެ.
އެކަމަކު، އެ މަންޒަރުގެ ފޮޓޯ ނެގުމާ އެކު، ފުލުހަކު ވަނީ އެ ފޮޓޯ ފޮހެލަން އަންގާފައި ކަމަށާއި ޕްރެސް ކާޑު ދެއްކުމުން ވެސް ”ގަދަ ދައްކާލީ“ ފޮޓޯ ޑިލީޓް ކުރުވަން ކަމަށް ”އަސްލު ޓީވީ“ ގެ ނޫސްވެރިޔާ ޝާމާ ޝުއައިބު ބުންޏެވެ.
”އެންމެ ފަހުން ހައްޔަރުކުރާ ހިސާބަށް ދިޔައީމާ މި ޖެހުނީ ޑިލީޓް ކުރަން. މިއީ ކޮން އުސޫލެއް، ކޮން ހަމައެއް ކަމެއް ބުނެ ނުދެވުނު އެ އޮފިސަރަކަށް،“ އެ ނޫސްވެރިޔާ ކަންބޮޑުވުން ފާޅުކޮށް ލިޔެފައިވެ އެވެ.




1 Comment
ގުޅުންހުރި
ފުވައްމުލަކުގެ ޑުރަގް ބޮޑެއް 75 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި
ނުރައްކާތެރި އެކްސިޑެންޓެއްގައި 16 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ
މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލައެއްގައި ބަންގްލަދޭޝްގެ މީހަކު ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާ ހިންގެވުން ފަރުހާދަށް
ޕިކަޕެއްގެ ދަށުގައި މަސައްކަތް ކުރަން އޮތް މީހެއްގެ ގައިމައްޗަށް ޕިކަޕު ވެއްޓި
އެލައިޑުން ކުރިއަށްގެންދާ ރައްކާ ކެމްޕޭން ހިންގަން ފުލުހުންނާއެކު ސޮއިކޮށްފި