އާބާދީގައި 10،000 މީހުން ހަމަކުރީ އޮޅުވާލައިގެން ކަމަށް ބުނެ ގދ. ތިނަދޫއަށް ދީފައިވާ ސިޓީގެ ދަރަޖަ ބާތިލުކުރަން ހައިކޯޓަށް ހުށަހެޅީ މައްސަަލަ އެ ކޯޓުން ބޭރުކޮށްލައިފި އެވެ.
ތިނަދޫގެ ސިޓީގެ ދަރަޖަ ބާތިލުކުރަން ހައިކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅުއްވީ އެންވަޔަރަމެންޓް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރެއްގެ މަގާމު އަދާކުރައްވަމުން ގެންދެވި ގާނޫނީ ވަކީލު މުހައްމަދު ރާގިބެވެ.
ހައިކޯޓުގެ ރަޖިސްޓްރާ މަރިޔަމް ހޫރުޝީދާ އިއްޔެ ނިންމެވި ނިންމެވުމުގައި ބުނެފައިވަނީ ތިނަދޫއަށް ގަރާރެއްގެ ދަރަޖަ ދިނުމަށް އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ނެރުއްވި ގަރާރަކީ މަޖިލީހުން ފާސްކޮށްފައިވާ މަސްދަރެއް ނުވަތަ ގާނޫނަކުން ބާރުލިބިގެން އެ ގާނޫނުގެ އިމުގެ ތެރެއިން އެކުލަވާލާފައިވާ މަސްދަރެއްކަން ރާގިބް ހުށަހެޅުއްވި މައްސަލައިގައި ބުނެދެވިފައި ނުވާ ކަމަށެވެ. އެހެންކަމުން އެއީ ހައިކޯޓަށް ދުސްތޫރީ މައްސަލަތައް ބެލުމަށް އޮންނަ އިހްތިސާސްގެ ތެރޭގައި ބެލޭނެ މައްސަލައެއް ނޫން ކަމަށް ރަޖިސްޓްރާ ނިންމަވާފައިވެ އެވެ.
ރާގިބް ހުށަހެޅުއްވި އެ މައްސަލައިގައި ބުނެފައިވަނީ ތިނަދޫގެ އާބާދީގައި 10،000 މީހުން ހަމަވާކަން ދެއްކުމަށް އެ ރަށު ކައުންސިލުން ގެންގުޅެފައިވަނީ އޮޅުވާލައިފައިވާ ލިސްޓެއް ކަމަށެވެ. އެގޮތުން މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) އިން ހޯދި މައުލޫމާތުގައި ތިނަދޫގެ އާބާދީއަކީ ގާތްގަނޑަކަށް 7،000 މީހުން ކަމަށް މައުލޫމާތު ދީފައިވާ ކަމަށް ބުންޏެވެ.
އޭނާ އެ މައްސަލަ ދިރާސާ ކުރުމުގެ ތެރޭގައި ތިނަދޫ ކައުންސިލުން ގެންގުޅުނު ލިސްޓުގައި މަރުވެފައިވާ ގިނަ އަދަދެއްގެ މީހުންނާއި މާލެއަށް ދިރިއުޅުން ބަދަލުކޮށްފައިވާ މީހުންގެ އިތުރުން އެއް ނަމެއް އަދި އެ މީހާގެ މަންމަ ނަމާއި ބައްޕަގެ ނަމާއި އާންމުނަން އަދި ގޭގެ އެޑްރެސް އެއްގޮތް ނަމަވެސް އައިޑީ ކާޑު ނަންބަރު ތަފާތު ގިނަ ބަޔަކު ތިބި ކަމަށް ބުންޏެވެ.
ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދީފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 30 ގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރަކުންނެވެ.
ގުޅުންހުރި
ސިޔާސީ މަގާމެއްގައި ހުރެ ދައުލަތާ ދެކޮޅަށް ވަކާލާތު ނުކުރެވޭނެ ކަމަށް ނިންމި
އާބާދީގައި 10،000 ހަމަކުރީ އޮޅުވާލައިގެން ކަމަށްބުނެ ތިނަދޫގެ ސިޓީގެ ދަރަޖަ ބާތިލުކުރަން
ސިޔާސީ މަގާމެއްގައި ހުއްޓާ ދައުލަތާ ދެކޮޅަށް ވަކާލާތު ކުރުމުގެ ފުރުސަތު ރާގިބަށް
ދިވެހި ސިފައިންގެ އަތަށް ޑޯނިއާ ދުއްވަން ނުދޭ ސަބަބުން ސިއްރުކުރަން ޑިފެންސުން
އެޕާޓްމެންޓްތައް އަތުލަން ކުރި އަމުރާމެދު ހިތްހަމަނުޖެހިގެން ބައްސާމް ހައިކޯޓަށް
ޑރ. އިޔާޒްގެ އަނބިކަނބަލުން ޝާދިޔާ ބަންދުކުރަން ނިންމީ ގާނޫނާ ހިލާފަށް: ހައި