އިންޑިއާ ސަރުކާރުން ހިންގަމުން އަންނަ ކޮރަޕްޝަންގެ ވާހަކަތައް ފަޅާއަރުވާލި ފަހުން ގެއްލިގެން ހޯދަމުންދިޔަ އެ ގައުމުގެ ނޫސްވެރިޔާ ޖަންކްޝަން ވަޅުގަނޑެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.
އުމުރުން 32 އަހަރުގެ މުކޭޝް ޗަންދްރަކާރަކީ އިންޑިއާގެ ސަރުކާރުގެ ކޮންސްޓްރަކްޝަން ޕްރޮޖެކްޓުތަކުގެ ތެރެއިން ހިންގާ ކޮރަޕްޝަންގެ ވާހަކަތައް ފަޅާއަރުވަމުން ދިޔަ ފްރީލޭންސް ނޫސްވެރިއެކެވެ. ޔޫޓިއުބުގައި ބަސްތާރު ޖަންކްޝަންގެ ނަމުގައި ޗެނަލެއްވެސް އޭނާ ހިންގަ އެވެ.
ޗަންދްރަކާރު ގެއްލިގެން އޭނާގެ އާއިލާ އިން ފުލުހުންނަށް ރިޕޯޓްކުރީ މި މަހުގެ އެއްވަނަ ދުވަހު އެވެ. ޗަންދްރަކާރުގެ ހަށިގަނޑު ފެނުނީ އޭނާގެ ފޯން ޓްރެކް ކުރަމުން ދަނިކޮށް، ބިޖަޕޫރް ސަހަރުގެ މަގު ހެދުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ކުންފުންޏަކަށް މިދިޔަ ހުކުރު ދުވަހު އެވެ.
ފުލުހުން ބުނާ ގޮތުން އޭނާގެ ހަށިގަނޑު ފެނުނުއިރު ސީރިއަސް އަނިޔާތަކެއް ހަށިގަނޑުން ފެންނަން ހުއްޓެވެ. އެ މައްސަލައާ ގުޅިގެން ތިން ތިން މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި އޭނާގެ ތިމާގެ ދެ މީހަކުވެސް ހިމެނެ އެވެ.
މި މައްސަލައިގައި އެންމެ ބޮޑަށް ތުހުމަތު ކުރެވޭ ޖަންކްޝަން ވަޅުގަނޑު ހުރި ގޭގެ މީހާ ވަނީ ފިލައިފަ އެވެ. އޭނާއަކީވެސް ޗަންދްރަކާރުގެ ތިމާގެ މީހެކެވެ.




ގުޅުންހުރި
ތި ހެދީ ދޮގެއް – އަދިވެސް ދޮގުހަދާނަން؟
އީރާނަށް އަސްކަރީ ހަމަލާއެއް ދިނުމާ މެދު މިދަނީ ވިސްނަމުން: ޓްރަމްޕް
މާ މޮޅު ގޮތެއް އޮތް ކަމަށް ވިދާޅުވެ، ވާހަކަ އެ ދައްކަނީ
ޕީއެންސީއަށް ވޯޓު ދިނުމަކީ ގައުމީ ވާޖިބެއް، 80 ޕަސަންޓުން ކާމިޔާބުވާނެ: އާދަމް
ކުޑަކުދިންގެ އޮރިޔާން ކާޑު ގެންގުޅުނު މައްސަލައިގައި މީހަކު ހައްޔަރުކޮށްފި
މާލެއިން ޒުވާނަކު ގެއްލިގެން ހޯދަނީ