ޖެނުއަރީ 8, 2025

ގެއިން ފެނުނު 1.4 ރުފިޔާއަކީ މަސައްކަތެއްގެ އަގު ކަމަށް ދޭހަވާ ފަދައިން ފަޒުލް ޕޯސްޓެއް ކޮށްފި

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދުގެ ގެއިން 1.4 މިލިއަން ރުފިޔާ ފުލުހުންނަށް ފެނުނު ކަމަށް ނޫސްތަކުގައި ރިޕޯޓްކުރުމާ ގުޅިގެން އެ ފައިސާއަކީ ކުންފުންޏަކުން ދީފައިވާ ފައިސާ ކަމަށް ދޭހަވާ ފަދަ ގޮތަކަށް ސޯޝަލް މީޑިއާގައި ފަޒުލް ޕޯސްޓެއް ކުރައްވައިފި އެވެ.

ފަޒުލްގެ ދިރިއުޅޭ ގެ ކަމަށްވާ މ. ޒޭވަރު ފުލުހުން ބަލައި ފާސްކުރުމުން 1.4 މިލިއަން ރުފިޔާ ފެނިފައިވާ ކަމަށް އަޑު ފެތުރިފައިވަނިކޮށް، ލޯންޗެއް ބަންނަން ފަޒުލްއަށް 1.4 މިލިޔަން ރުފިޔާގެ ނަގުދު ފައިސާ ދިންކަމަށް ބުނީ ރިލެކްސް ފެރީ ސާވިސްއިންނެވެ.

ރިލެކްސް ފެރީން ފޭސްބުކުގައިކުރި އެ ޕޯސްޓު ފަޒުލް ވަނީ ޝެއާކޮށްފަ އެވެ.

ރިލެކްސް ފެރީ ސާވިސްއިން ބުނީ 2022 ވަނަ އަހަރު ފަޒުލްގެ ކުންފުންޏާއެކު މުއާމަލާތްކޮށް ލޯންޗެއް ބަނދެފައިވާ ކަމަށާއި، އެ ލޯންޗުގެ ފެންވަރު ރަނގަޅުކަމުން ދެވަނަ ފަހަރަށް އިތުރު ލޯންޗެއް ބަނުމަށްޓަކައި 2024 ވަނަ އަހަރުގެ ކުރީކޮޅު މަޝްވަރާކޮށް، މިދިޔަ ޑިސެމްބަރު މަހުގެ ކުރީކޮޅު 1.4 މިލިއަން ރުފިޔާގެ ނަގުދު ފައިސާ ދީފައިވާނެ ކަމަށެވެ.

ފަޒުލްގެ ގެއިން 1.4 މިލިއަން ރުފިޔާ ފެނުނީ މިދިޔަ މަހުގެ 23 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ފަޒުލްގެ ގެ ބަލައިފާސްކުރިއިރު ދަބަހެއްގެ ތެރެއިންނެވެ.

5 Comments

  • Abraham Lincan ޖެނުއަރީ 6, 2025

    Vagu

  • Ok Dhw ޖެނުއަރީ 6, 2025

    Haadha bodu vagekey dhw.. subhaanallahi.. 🤪🤭🤷‍♂️

  • Ok Dhw ޖެނުއަރީ 6, 2025

    Ehn veemaa thijooree eh thanakun katuvaalaugen gos bodu vegeh, aamukoh vakkan kuraa vagu kaleyge geyga laari bahattaafa fuluhun aima bunan vee thee dhoanyeh bannan meehaku dhin laari ey..??? E Laari eh vaanee E vagu kaleyge laari ah dhw.. 🤔

  • A Salaam Salaante ޖެނުއަރީ 7, 2025

    Fazulge burin haadha gina rf ekey thinereni🤣😂😂😂

  • Ahmed Nasir ޖެނުއަރީ 7, 2025

    Thee kuree sarukaarun bahahtaafa huri ehcheh 🤷

Leave a Reply