އަލް-ހިޖުރަ ޓްރެވަލް އެންޑް ޓުއާސް ނަމަކަށް ކިޔާ ކުންފުންޏެއްގެ ހަވާލުގައި އުމްރާއަށް ދިޔަ ބަޔަކު އަނބުރާ ރާއްޖެ ނާދެވި ސައުދީ އަރަބިއާގައި ތާށިވެއްޖެ އެވެ.
މައުލޫމާތު އެނގޭ މީހަކު ނަން ނުޖަހާ ގޮތަށް މި ނޫހަށް މައުލޫމާތު ދިން ގޮތުގައި އަލްހިޖުރަގެ ހަވާލުގައި އުމްރާއަށް 24 މީހަކު ދިޔަ އެވެ. އޭގެ ތެރޭގައި އެ ގުރޫޕަށް ނިސްބަތްވާ ހަ މީހަކުވެސް ހިމެނޭ ކަމަށް ބުންޏެވެ.
މި ނޫހަށް އެނގިފައިވާ ގޮތުގައި އަލްހިޖުރަ ގުރޫޕުގެ ހަވާލުގައި ދިޔަ މީހުން އަނބުރާ ރާއްޖެ ނާދެވި ސައުދީގެ މައްކާގައި ތާށިވީ، ރިޓާން ޓިކެޓު ގަންނަން ހުރި ފައިސާ އެ ގުރޫޕުން އެހެން ކަންކަމަށް ބޭނުންކުރުމުން ޓިކެޓު ނުނެގިގެންނެވެ.
އަލްހިޖްރަ ކުންފުނިން ފޭސްބުކްގައި މީގެއިރުކޮޅެއް ކުރިން ކުރި ޕޯސްޓެއްގައި ބުނީ އުމްރާވެރިންގެ އަޅުކަން ނިމިފައިވީ ނަމަވެސް، ކުންފުންޏަށް ދިމާވެފައިވާ މާލީ ދަތިތަކާ ހުރެ އުމްރާވެރިން ރާއްޖެ ގެންނަން ދަތިވެފައިވާ ކަމަށެވެ.
”މި ކުންފުނިން މިވަގުތު ވެސް ދަނީ އުމްރާވެރިން ރާއްޖެ ގެނައުމަށްޓަކައި މަސައްކަތް ކުރަމުން. ނަމަވެސް އަދި މިއަދާ ހަމައަށް ވަނީ މިކަމުގައި ކުރިމަގެއް ނުފެނިފައި،“ އަލްހިޖްރަ ކުންފުނިން ބުންޏެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ، ތާށިވި އުމްރާވެރިންނާ ގުޅައި ވާހަކަ ދައްކައި ހާލަތު ބައްލަވާފައިވާ ކަމަށެވެ.
އެގޮތުން މައްކާގައި ތިބި މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ބޭފުޅުން މެދުވެރިކޮށް، ހާލުގައި ޖެހުނު އުމްރާވެރިންނަށް އެހީވުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އެކަމުގެ އިރުޝާދު ހައްޖު ކޯޕަރޭޝަންގެ މެނޭޖިން އެޑިޓަރަށް ދެއްވާފައިވާ ކަމަށްވެސް ޝަހީމް ވިދާޅުވި އެވެ.
”ދިވެހި އެއްވެސް ރައްޔިތަކަށް ދިމާވާ ދަތިކަމެއްގައި އެހީ ނުވެ އަޅުގަނޑުމެން ނުތިބޭނަން. ރައީސް އަބަދުވެސް އިރުޝާދު ދެއްވަނީ ރައްޔިތުންނާ ގާތުން މަސައްކަތްކުރުމަށް. ދިމާވާ ކަންކަން ހައްލުކުރުމަށް،“ ޝަހީމް ވިދާޅުވި އެވެ.
10 Comments
ގުޅުންހުރި
އަމާޒަކީ މިފްކޯގެ ކޮރަޕްޝަން މުލުން ލުހެލުން: ރައީސް
ރޯދައިގެ ކުރިން ފުލެޓް ލިސްޓު އާންމުކުރެވޭނެ ކަމުގެ ވަރަށް ބޮޑަށް ގަބޫލުކުރެވޭ:
ޕާޓީތަކަށް އީފާސް މެދުވެރިކޮށް މީހުން ވައްދާ ގޮތަށް އުސޫލު ބަދަލުކުރަނީ
ހަމަޖެހުން ނަގާލަން ފުރުސަތެއް ނުދޭނަން، އެކަން ހުއްޓުވާނީ ގައުމީ ވިސްނުމެއްގައި: ރައީސް
ދެބަފައިން ބައްލުކުރެވޭނެ ގޮތް ހަމަޖައްސައިދިނީ އެ ވަގުތަށް އެކަނި، ދާއިމީކޮށް ރަށަށް
ރަޖުނީއަށް ވިނަރެސް ފްލެޓް ލިބުނީ އޮންނަ އުސޫލުން: ޕޮލިސް