ރާއްޖޭގައި މަރުވި ނޭޕާލް ރައްޔިތެއް ކަމަށްވާ ކަންޗަން ޑަންގަލް (25)ގެ ހަށިގަނޑާ ހަވާލުވާނެ މީހަކު ނުވެގެން މޯޗަރީގައި އޮންނަތާ މަހެއް ފަހުން އޭނާގެ ހަށިގަނޑު ގައުމަށް ފޮނުވާލައިފި އެވެ.
އެ އަންހެން މީހާ މަރުވީ ބަނޑުގައި ރިއްސާތީ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް މިދިޔަ ޑިސެމްބަރު މަހުގެ ނުވަވަނަ ދުވަހު އެވެ. ނަމަވެސް ކަންޗަންގެ ހަށިގަނޑާ ސްޕޮންސަރުގެ ފަރާތުން ވެސް ހަވާލެއް ނުވި އެވެ. އެހެންވެ އޭނާގެ ހަށިގަނޑު މޯޗަރީއަށް ގެންދިޔައީ ފުލުހުންގެ ބެލުމުގެ ދަށުންނެވެ.
އެ އަންހެން މީހާގެ މަރާ ގުޅިގެން ފުލުހުން ބުނީ މެޑިކޯ ލީގަލް ރިޕޯޓުން ކަންޗަން މަރުވި ސަބަބު އެނގިފައިނުވާ ކަމަށެވެ. އަދި އޭނާއަށް ޖިންސީ އަނިޔާއެއް ލިބިފައިވާކަން އެއްވެސް މިންވަރަކަށް ފާހަގަކުރެވިފައި ނުވާ ކަމަށާއި ނަމަވެސް އޭނާއަކީ އެނީމިއާގެ މެޑިކަލް ހިސްޓްރީއެއް އޮންނަ މީހެއްކަން އެނގިފައިވާ ކަމަށް ބުންޏެވެ.
ފުލުހުން މިއަދު ބުނީ ކަންޗަންގެ ހަށިގަނޑު މިދިޔަ އަންގާރަ ދުވަހު ގައުމަށް ފޮނުވާލާފައިވާ ކަމަށެވެ.




ގުޅުންހުރި
ހައްލު ނުލިބެނީސް، ބޮޑުކަންނެލީގެ މަސްވެރިން ތިބީ އިހުތިޖާޖު ހުއްޓާލާ ގޮތަކަށް ނޫން!
އެސްޓީއޯ ރަމަޒާން ބާޒާރު ޕްރޮމޯޝަން ފަށައިފި، ބޮޑު އިނާމަކަށް އެއް ލައްކަ
ބުރިޖުގެ މަރާމާތުގެ މަސައްކަތަކަށް މިރޭ 11:45 އިން ފެށިގެން އެއް ލޭނު
ސިނގިރޭޓު ވައްކަން: އާއްޓޭ އާއި ދިގަލި ހިމެނޭހެން ދިހަ މީހަކަށް ދައުވާކޮށްފި
ވައިގެމަގުން އެތެރެކުރަން އުޅުނު ދެ މިލިއަން ރުފިޔާގެ ޑްރަގު އަތުލައިގެންފި
5 މަސް ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރަށް 500 މީހުން