ކޮންމެ އަހަރެއްގެވެސް ރޯދަ މަހަށް ހާއްސަކޮށްގެން ރާއްޖޭގައި ކުރިއަށް ގެންދާ އެންމެ މަގުބޫލު އެއް ސޭލު، އެސްޓީއޯ ”ރަމަޒާން ބާޒާރު“ ފަށައިފި އެވެ.
މިއަދުން ފެށިގެން 31 މާރިޗު 2025ގެ ނިޔަލަށް ކުރިއަށް ގެންދާ މި އަހަރުގެ ބާޒާރުގައިވެސް އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި އެސްޓީއޯ އަތޮޅުތެރޭގެ ޕީޕަލްސް ޗޮއިސްގެ ފިހާރަތަކުން ބޮޑެތި ޑިސްކައުންޓްތަކެއް ލިބިގެންދާނެ އެވެ.
އެގޮތުން މި އަހަރުގެ ރަމަޒާން ބާޒާރުގައި 50 ޕަސެންޓާ ހަމައަށް ހޯމް އެޕްލަޔަންސް އައިޓަމްތަކުން ޑިސްކައުންޓް ލިބިގެންދާނެވެ. އޭގެ އިތުރުން 500 ރުފިޔާ އިން މަތިންކުރާ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބިގެންދާއިރު، ކޮންމެ ހަފުތާއަކުވެސް ނަސީބުވެރި ފަރާތަކަށް ހަދިޔާއެއްގެ ގޮތުން ގިފްޓް ހެމްޕާ އެއް ދިނުމަށް ވަނީ ނިންމައިފަ އެވެ.
ރަމަޒާން ބާޒާރު 2025ގެ ގްރޭންޑް ޕްރައިޒެއްގެ ގޮތުގައި ދޭން ނިންމާފައިވަނީ އެއް ފަރާތަކަށް 100،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ.

ގުޅުންހުރި
72 ކިލޯގެ ޑުރަގް: ދައުލަތުން ފީ ނުދެއްކި ކަމަށް ބުނެ، އިރުފާންގެ
ދެ ކޮންޓެއިނަރު ސިނގިރޭޓު ”ގެއްލުން“: މިފްކޯ އިން މުއާޒު ސަސްޕެންޑްކޮށްފި
އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރުކުރި 23 ބާވަތް އެސްޓީއޯ އިން ބާޒާރަށް
ދެ ކޮންޓެއިނަރު ސިނގިރޭޓު ”ގެއްލުން“: އާއްޓޭގެ ބަންދަށް 15، ދިގަލީގެ ބަންދަށް
އެމްއޭސީއެލް އިންވެސް ރަސްމާލެ ހިއްކަން ފަށަނީ, މިއީ އެތަން ހިއްކަން ހަވާލުވާ
ވަޒީފާ ދިން ފަރާތަށް ފިލައިގެން އުޅޭ 5 މީހަކާއި ބިދޭސީން ރެކްރޫޓްކުރާ