ސަފާރީން މޫދަށް ވެއްޓުނު މީހާގެ މަރުވެފައިވާ އޮތްވާ ފެނިއްޖެ އެވެ.
ރޭގެ ވަގުތެއްގައި ސަފާރީގެ ޑެކް މަތީގައި ހުއްޓާ ވެއްޓި، އުޅަނދުގެ އަރިމަތީ ޖެހިފައި މޫދަށް ވެއްޓިފައިވަނީ ނ. ހޮޅުދޫ ސީވީޑް އަލީ އަރުޝަދު އެވެ.
އެމްއެންޑީއެފުން މިއަދު ބުނީ ގެއްލިގެން ހޯދަމުން ދިޔަ ދިވެހި މީހާގެ ހަށިގަނޑު، މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ޑައިވަރުން، ކަނޑުގެ 69 މީޓަރު އަޑިން ހޯދާފައިވާ ކަމަށެވެ.
އަދި ޑައިވަރުންގެ ޓީމުން، އެ މީހާގެ ހަށިގަނޑު، މިހާރު ލޯންޗަށް ނަގާފައިވާ ކަމަށެވެ.
އަރުޝަދު ރޭގެ ވަގުތެއްގައި ސަފާރީގެ ޑެކްމަތީ ހުއްޓާ ވެއްޓި އުޅަނދުގެ އަރިމަތީ ޖެހިފައި ކަނޑަށް ވެއްޓޭ މަންޒަރު ސީސީޓީވީން ފެންނަ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ނަމަވެސް، އޭނާ ކަނޑަށް ވެއްޓެން މެދުވެރިވި ސަބަބެއް އަދި ސާފެ ނުވެ އެވެ.




1 Comment
ގުޅުންހުރި
ތިން މަހުގެ ކުއްޖެއް ފަދަ އިގުތިސާދެއް އޮތް މިގައުމު ހިންގޭނީ ރައީސް
ރަޝިޔާއިން އީރާނަށް ޖާސޫސީ މައުލޫމާތު ޙިއްޞާކުރުމަކުން ކަންބޮޑެއް ނުވޭ: އެމެރިކާ
ބޮޑު އިންޖީނުގެ ނިމުމުން 20 އަހަރަށް އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުވާނެ:
އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރަން ޗައިނާ ކުންފުންޏަށް ދިން މަޝްރޫއު މިފަހަރު
ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލްކުރުމަށް ލޭޑީސްފިންގާ ވަރެއް ނެތް
ކަނޑުމަގުން ވަގަށް އެތެރެކުރަން އުޅުނު 99،000 ސިނގިރޭޓު އަތުލައިގެންފި